ސެޕްޓެމްބަރ 21, 2024

ހިރިމަރަދޫގެ ރައްޔިތުން ބޭނުންވަނީ ރަށް ދޫކޮށް ތުލުސްދޫއަށް ހިޖުރަކުރަން

ހދ. ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން އެ ރަށުގެ ރައްޔިތުން އަމިއްލައަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ރައްޔިތުން އެގޮތަށް ނިންމާފައިވާކަން އެ ރަށުގެ ކައުންސިލްގެ މެންބަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ކ. ތުލުސްދޫއަށް ބަދަލުވާން ކަމަށްވެސް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ބިމުގެ ގޮތުން ބޮޑު ހިރިމަރަދޫގައި އާބާދުވެގެން ދިރިއުޅެނީ 300 އެއްހާ މީހުންނެވެ. އަދި ފެށުނީއްސުރެ އެ ރަށުގެ މައިގަނޑު އިގުތިސޯދީ ހަރަކާތަކީ ދަނޑުވެރިކަމެވެ.

ހިރިމަރަދޫގެ ރައްޔިތުން ބަދަލުވާން ބޭނުންވަ ތުލުސްދޫއަކީ މާލެ އާއި އެންމެ ކައިރީގައި އޮތް އަތޮޅު ވެރިކަންކުރާ ރަށެވެ. ފަތުރުވެރިކަން ކުރިއަރަމުން އަންނަ ތުލުސްދޫގެ އާބާދީގައި 1،650 މީހުން ތިބިއިރު ރަށުގައި ގާތްގަނޑަކަށް 3،500 މީހުން ދިރިއުޅެ އެވެ.

ސިނާއީ ގިނަ މަސައްކަތްތަކެއް ހިނގަމުންދާ ތުލުސްދޫއަކީ ސުނާމީއަށްފަހު ދ. ރިނބުދޫގެ ގިނަ ބަޔަކުވެސް ހިޖުރަކުރި ރަށެކެވެ.