ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަލަސްތީނަށް ހަދިޔާ ކުރަން ނިންމި ދެ މިލިއަސް މަސްދަޅުގެ ފުރަތަމަ ޝިޕްމެންޓް މިމަހު 15 ގައި ފޮނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ ދެ މިލިއަން މަސްދަޅު ފޮނުވުމަށް ހަމަޖެހިފައިވަނީ ދެ ޝިޕްމެންޓަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މިމަހު 15 ގައި ފޮނުވާ ފުރަތަމަ ޝިޕްމެންޓް ފަލަސްތީނަށް ލިބޭނީ 40 ދުވަސް ފަހުން ކަމަށް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ފަކަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ހަދިޔާކުރަން ނިންމި އެ ދެ މިލިއަން މަސްދަޅުތައް ފޮނުވާނީ މިސްރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް ކަމަށެވެ. ހީނާ ވިދާޅުވީ އޭގެ ފަހުން މިސްރުގެ ރެޑް ކްރެސެންޓުން ފަލަސްތީނުގެ ރެޑްކްރެސެންޓާ ހަވާލުކުރާނެ ކަމަށެވެ.
ރާއްޖެއިން ފަލަސްތީނަށް ދެމިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ސަރުކާރުން ނިންމިކަން އިއުލާންކުރީ 2023 އޮކްޓޫބާ 24 ގަ އެވެ.
އެއިރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފަލަސްތީންގެ ރައްޔިތުން، އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބޭނެ ކަމަށެވެ.




ގުޅުންހުރި
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރު
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި