ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި މީހަކު 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ޖަލަށް ލާން ހުކުމްކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު/ ޝެހެނާޒް، މުހައްމަދު އަލީ އެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ހުކުމުގައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުން، މުހައްމަދު އަލީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.
އަދި އެ ކުށުގެ އުގޫބާތެއްގެ ގޮތުން މުހައްމަދު އަލީ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށް ހުކުމްގައިވެއެވެ.

ގުޅުންހުރި
ގުޅިފަޅު ގޯތީގެ އެއްބަސްވުންތަކުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން އޭޖީ އޮފީހާ މަޝްވަރާކުރަނީ
ހިޖާމާ ޖަހައިގެން ބަރުދަން ލުއިކޮށްދޭނެ ކަމަށް ބުނި މައްސަލަ ބަލަނީ
ސެޕްޓެމްބަރުގެ ނިޔަލަށް ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށް ނިމޭނެ: ފަހުމީ
ވަތަނީ ހިދުމަތަށް 1244 ޒުވާނުން ކުރިމަތިލައިފި
ސްކޮލާޝިޕްތަކުގެ ދަރިވަރުންނަށް މެލޭޝިއާގެ ޓެކްސް ފައިސާ ހަމަޖައްސައިދޭނަން: މިނިސްޓްރީ
މޫދުގެ ހާދިސާތަކުގައި މިދިޔަ ހަތަރު އަހަރު 112 ފަތުރުވެރިން މަރުވި