މިދިޔަ ޖުލައި މަހު ހުޅުމާލޭ 2ގެ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، އެ ހާދިސާ ހިނގަން މެދުވެރިވި ރޭސް ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މިއަދު ފޮނުވައިފި އެވެ.
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން ހުރި މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާ ވިއްސައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، އެ މައްސަލާގައި ކާރު ދުއްވި މީހާ އާއި އެ ވަގުތު ކާރުގައި ތިބި އިތުރު ދެ މީހަކު ހައްޔަރުކުރި އެވެ. އެއީ:
- ހ. ނޫރަންމާގެއާގެ/ އިކްރާމުއްރަހްމާން
- މ. ލޭންޑްއޮފްގާޑަން/ އިބްރާހިމް އިކްރާމް
- ގއ. ކަނޑުހުޅުދޫ/ އާޒާދުގެ، ޖިނާހް އިސްމާއިލް
ފުލުހުން މިއަދު ބުނީ އެ ތިން މީހުންނަށް ދައުވާކުރުމަށް ފޮނުވި މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.
މައްސަލައިގައި ހިމެނޭ ތިން މީހުންގެ ތެރެއިން ކާރު ދުއްވި އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ހައިކޯޓުން މި މަހު ކުރީކޮޅު އޭނާ ދޫކޮށްލި އެވެ. އެއީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުނު އަޑުއެހުމުގައި ވަކީލެއްގެ ފުރުސަތު ނުދިން ކަމަށް ބުނެ އެވެ.
ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ އަލުން ހައްޔަރުކޮށް، ފުރަތަމަ ތިން ދުވަހަށް ބަންދުކުރި އެވެ. އަދި އެ މުއްދަތު ހަމަވުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށް ދީފަ އެވެ.

ގުޅުންހުރި
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ:
ގެއެއްގެ ވެރިޔާއަށް ބިރުދައްކައި އަނިޔާކުރި މީހުން، ފުލުހުންނަށް ހެކި ނުދެއްކިގެން ދޫކޮށްލައިފި
އައްޑޫ ލިންކް ރޯޑާއި މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމުކުރަން 830
ރަސްދޫގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލަން ނިންމައިިފި
ބޮޑު ޗުއްޓީއަކަށްފަހު އައިސް އެއް ޖަލްސާ ބޭއްވުމަށްފަހު މިއަދުގެ ޖަލްސާ ކެންސަލްކޮށްފި