ވ.އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް އަންނަ ހޯމަދުވަހަށް ތާވަލުކޮށްފި އެވެ.
ކުރިން ކުރިމިނަލް ކޯޓުގައި ޔާމީނަށް ދައުވާކޮށްފައި ވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
އެފަހަރު ޔާމީނަށް ދައުވާކުރީ އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މަނިކުފާނުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރިން ކުރި ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރުމުން އެ ހުކުމް ވަނީ ބާތިލުކޮށްފައެވެ. އެއިރު އެމަނިކުފާނުގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ.
އެ މައްސަލާގައި ކުރިމިނަލްކޯޓުން ކުރިހުކުމް ބާތިލުކޮށް ހައިކޯޓުން ނިންމާފައިވަނީ އެ ހުކުމުގައި ގިނަ ގޯސްތަކެއް ހަދާފައިވާކަން ފާހަގަކޮށެވެ. އަދި އެ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށް ހައިކޯޓުން ވަނީ އަންގާފައެވެ.
ގުޅުންހުރި
އަބްދުއްރަހީމަކީ ސިޔާސީ އެސެޓެއް ނޫން، އެއީ އިހުލާސްތެރިވާނެ މީހެއް ނޫން: ޔާމީން
ބުރިޖުގެ ހުރިހާ ކަމެއް ކުރީ އަޅުގަނޑު، ޔާމީން އުޅުއްވީ ތާސް ކުޅުމައިގެން:
ޔާމީން ހައްޔަރުކުރުމާ ގުޅޭ ގޮތުން ދައުރުވަމުން ދަނީ ފޭކް ރިޕޯޓެއް: ފުލުހުން
އިންތިހާބުގައި ވާދަކުރެއްވީ ޔާމީން މިނިވަން ކުރަން، ހުސް ގޮނޑި ބެހެއްޓީ އިހުތިރާމު
ސައިކަލަށް ހާއްސަ ލޭނެއް ނެތިގެން އެކަމާ ކޯފާވެ ބުރިޖު ނުހުޅުވާނެމޭ ޔާމީން
ޔާމީނަށް އިއްވި ޖަލު ހުކުމް އަލުން ބަލަން ފެށިކަން އެނގުނީ މީހަކު