މާލޭގެ މަގުތަކަށް ދޫކޮށްލާފައި ހުރި ބާ އުޅަނދުތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭގެ މަގުތައް ތަރުތީބުކޮށް، ރީތިކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވެހިކަލްތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިއަދު ފެށީ ފުލުހުންނާ ގުޅިގެންނެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭގެ މަގުތަކަށް ދޫކޮށްލާފައި ހުރި އެތައް އަހަރެއްވީ އުޅަނދުތައް އެބަހުރި ކަމަށާއި އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ އިންޖީނުވެސް ނެތް ކަމަށެވެ. އެ ހުރިހާ ވެހިކަލްތައް ޓޯ ކުރުމަށްފަހު، ނައްތައިލުމުގެ ކުރިން އިއުލާން ކުރާނެ ކަމަށްވެސް ބުންޏެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކޮށް، ނައްތާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލް އަދި ފުލުހުންނާއި ވެމްކޯ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުވެސް ޕްރޮގްރާމެއް ހިންގި އެވެ. އެ ޕްރޮގްރާމުގެ ތެރެއިން 281 ވެހިކަލް ނައްތައިލި އެވެ.




ގުޅުންހުރި
އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ހުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ރީކޯ މޫސަ ގޮވައިގެން އިލްމުވެރިންގެ ގުޅުމުން ޕޮލިހަށް!
އަހަރުގެ ފުރަތަމަ 6 ދުވަސް: 43،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ
އާސަންދަ އޮތީ ލަންކާ ހޮސްޕިޓަލަށް 70 މިލިއަން ރުޕީސްއަށް ދަރާފައި، ހިދުމަތް
ނުރައްކާވާ މިންވަރަށް ވައި ނުސާފު ދުވަހެއް، ކުރިއަށް އޮތް 5 ދުވަސް
އުމްރާއަށް ގޮސް އުޅުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ