ސްރީ ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި ޑރ. ހަރީނީ އަމަރަސޫރިޔެއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަރީނީގެ ބެލުމުގެ ދަށުންލަންކާއަށް ކުރިއެރުންތަކެއް ލިބިގެންދާނެކަން އެ މަނިކުފާނު ޔަގީންކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ އަދި އެތައް ގަރުނެއްވެފައިވާ ރާއްޖެއާއި ލަންކާ ގުޅުން އިތުރު ބަދަހިކުރެއްވުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ.
ލަންކާގެ ބޮޑުވަޒީރު ކަމަށް ހަރީނީ ޢައްޔަންކުރައްވަން ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ނިންމެވުމާއި ގުޅިގެން، ހަރިނީ ވެފައިވަނީ ސްރީލަންކާގެ 16 ވަނަ ބޮޑުވަޒީރަށެވެ.
ހަރިނީއަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ދިސާނަޔަކަގެ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އިއްތިހުދު ތަމްސީލު ކުރައްވާ މެންބަރެކެވެ. ހަރިނީ މަޖިލީހަށް އިންތިހާބުވެވަޑައިގަންނަވާފައި 2020 ވަނަ އަހަރުއެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!