އޮކްޓޯބަރ 4, 2024

އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ޖީބުގައި ރާފުޅިއެއް އޮތުމުން ޖޫރިމަނާކޮށްފި

މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު މީހާގެ ޖީބުން ރާފުޅިއެއް ފެނުމާއި ގުޅިގެން އެ މީހާ 13،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެމައްސަލައިގައި ހުއްދަނައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށް ސާބިތުވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވަނީ ގ.ސީވޭވް، މުހައްމަދު ތިބްޔާން ޝަހީން އެވެ.

ކުރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ވަނީ އެ އެކްސިޑެންޓް ހިނގައިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުގެ 4:35 އެހާކަންހާއިރެވެ. ރިޕޯޓުގައި ބުނެފައިވަނީ މުހައްމަދު ތިބްޔާން ޝަހީން ސައިކަލުގައި ދަނިކޮށް ޕާކުކޮށްފައި ހުރި ސައިކަލްތަކަށް އަރައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވުމުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށް މަސައްކަތްކުރި ވަގުތު ނުކިޔަމަންތެރިކަން ދައްކައިފައިވާ ކަމަށެވެ.

އޭނާ ނުކިޔަމަންތެރިކަން ދައްކަމުންދާތީ ހޮސްޕިޓަލުގެ އެދުމުގެ މަތިން ފުލުހުން އެތަނަށް ހާޒިރުވެ އޭނާއަށް ފަރުވާ ދިނުމުގައި ޑޮކްޓަރަށް އެހީތެރިވުމުގެ ބޭނުމުގައި ފުލުހުން އޭނާ އާއި ކައިރިވި ވަގުތު ލައިގެން ހުރި ޖިންސުގެ ވައަތްފަރާތު ކަކުލާއި މީނާގެ ހަށިގަނޑާއި ދޭތެރެއިން ފެނުނު ބޮނަކުއާ ބްރޭންޑުގެ 500 އެމް.އެލް ފުޅީގައި ހުރި ދިޔާ އެއްޗެހި ތަހުލީލުކުރިއިރު އޭގައި ބަނގުއާވީގެ އަސަރު ހުރި ކަމަށް ރިޕޯޓުގައިވެ އެވެ.

މި މައްސަލައަށް މުހައްމަދު ތިބްޔާން ޝަހީން ވަނީ ދައުލަތުން އޭނާގެ މައްޗަށްކުރި ހުއްދަނައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއަށް އިއުތިރާފުވެފަ އެވެ.

ދައުވާއަށް އޭނާ އިއުތިރާފުވެފައިވާތީ ކުރިމިނަލް ކޯޓުން ވަނީ މުހައްމަދު ތިބްޔާން ޝަހީން 3 މަސް ދުވަހުގެ ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެ މުއްދަތުގެ ތެރެއިން އޭނާ ބަންދުގައި ހޭދަކޮށްފައިވާ 6 ދުވަސް ކެނޑުމަުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.

އެ ޖަލު ހުކުމުގެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށް ދިނުމަށް އެދުމުން ކުރިމިނަލް ކޯޓުން ވަނީ އެ ޖަލު ހުކުމް

16،800 ރުފިޔާ ޖޫރިމަނާގެ ހުކުމަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އެ ޖޫރިމަނާގެ އަދަދު ދަށްކޮށް އޭނާ ދައްކަން ޖެހޭނޫ 13،000 ރުފިޔާގެ ޖޫރިމަނާއެއް ކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅި އެވެ. [އަދި ޖޫރިމަނާގެ ފައިސާ ތިން މަސްދުވަހުގެ ތެރޭ ދައްކާ ޚަލާސްކުރުމަށްވަނީ ހުކުމްކޮށްފައެވެ.

ކޯޓުން އެގޮތަށް ހުކުމްކުރީ އޭނާއަކީ 14 ފެބްރުއަރީ 2024 އިން ފެށިގެން މުސާރައިގެ ގޮތުގައި 5،500 ރުފިޔާ ލިބޭ މުސާރައެއްގައި އުޅެމުންދާ ފަރާތަކަށްވާތީ އެވެ.

5 Comments

  • Shabana Sha Baā ސެޕްޓެމްބަރ 25, 2024

    Joorimanaa kohleema nimuneetha ajaibu antharees🙄

    • Adam Waheed Biddey ސެޕްޓެމްބަރ 26, 2024

      Shabana Sha Baā raa fulheege agun jurimanaa kureema nimunee

  • Abdul Baagy ސެޕްޓެމްބަރ 25, 2024

    Raafulhitha joorimanaa kury???

  • Ok Dhw ސެޕްޓެމްބަރ 26, 2024

    Raajjeyga hedhifa oii islaam dheenaa fushu naaraa gaanoonun ethere koh vikkun huhdha echehge vaahaka thi dhakkanee..

  • Raz Usman ސެޕްޓެމްބަރ 26, 2024

    Saabahey salaf sarukaaru

Leave a Reply