ޒަަހަމްތަކާއެކު މަރުވެފައި އޮތް ބިދޭސީއަކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފި އެވެ.
ފުލުހުން މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ބުނީ، އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ، އެ މީހާއަކީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްގެ މުވައްޒަފެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އޭނާ ފެނުނީ ކޮންތަނަކުން ކަމެއް ނޭނގެ އެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލެއްވެސް އަދި ނުލިބެ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ގާސިމްގެ އާއިލާއަށް ނުގުޅަން އޭނާގެ ގާތިލު އަދުހަމަށް އަންގައިފި
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި