ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ދެއްވި ޖޮއިންޓު ޕްރެސް ސްޓޭޓުމެންޓެއް ދެއްވައިފަ އެވެ.
އެ ޖޮއިންޓް ޕްރެސްގައި ރައީސް ވިދާޅުވީ މިއަންނަ އަހަރު ރާއްޖެއާއި އިންޑިއާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭނެ ކަމަަށެވެ. ރައީސް ވިދާޅުވީ އެ މުނާސަބަތު ފާހަގަކުރުމަށް މޯދީ ރާއްޖެ ވަޑައިގަތުމަށް މިހާރު ދައުވަތު ދެއްވާފައިވާ ކަމަށެވެ.
ނަމަވެސް އެ ދައުވަތު މޯދީ ގަބޫލު ކުރެއްވިކަމެއް ރައީސް ވިދާޅެއްނުވެ އެވެ. އަދި މޯދީ ވެސް އެކަން ކަށަވަރުކޮށްނުދެއްވަ އެވެ.
އެންމެ ފަހުން މޯދީ ރާއްޖެއަށް ވަޑައިގެންފައި ވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޖޫން 2019ގަ އެވެ. އޭގެ ކުރިން، ރައީސް ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ނޮވެމްބަރު 2018ގައި ވެސް މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ.

ގުޅުންހުރި
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: ރައީސް
މަސް ކިލޯއެއް 20ރ.އަށް ހަދައިދޭން ރައީސް އަރިހުގައި އެދިއްޖެ
ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވާނެ: ރައީސް
ހައްޖަށް ދާ މީހުންގެ ކާޑަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން