މިދިޔަ ޖުލައި މަހު ހުޅުމާލޭ 2ގެ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، އެ ހާދިސާ ހިނގަން މެދުވެރިވި ރޭސް ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއްކޮށްފި އެވެ.
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން ހުރި މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާ ވިއްސައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، އެ މައްސަލާގައި ކާރު ދުއްވި މީހާ އާއި އެ ވަގުތު ކާރުގައި ތިބި އިތުރު ދެ މީހަކު ހައްޔަރުކުރި އެވެ. އެއީ:
ހ. ނޫރަންމާގެއާގެ/ އިކްރާމުއްރަހްމާން
މ. ލޭންޑްއޮފްގާޑަން/ އިބްރާހިމް އިކްރާމް
ގއ. ކަނޑުހުޅުދޫ/ އާޒާދުގެ، ޖިނާހް އިސްމާއިލް
އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ 14 ގަ އެވެ.
އޭގެ ތެރެއިން އިކްރާމްގެ މައްޗަށް ދައުލަތުން ހަ ދައުވާއެއް ކުރެ އެވެ. އެއީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރި ކަމަކުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އަދި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.
އިކްރާމުއްރަހްމާންގެ މައްޗަށް ކުރަނީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެކްސިޑެންޓްވުމުން ރިޕޯޓް ނުކުރުމުގެ ދައުވާ އާއި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ފޯރުކޮށް ނުދިނުމުގެ ދައުވާ އާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ އެކެވެ.
ޖިނާހުގެ މައްޗަށް ކުރަނީ ހަތަރު ދައުވާ އެކެވެ. އެއީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާއަކާއި ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތި ކުރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާއެކެވެ.
އެ މައްސަލާގެ ޝަރީއަތް މިއަދު ހެނދުނު ފަށަން ކްރިމިނަލް ކޯޓުން ތާވަލްކުރި ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
ގުޅުންހުރި
ބްރިޖް ފެންސުގައި ޖެހުނު މީހާގެ އެއް ފައި އޮތީ ފަލަމަސްގަނޑާ ހިސާބުން
އެއާޕޯޓް ލައިޓް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާ
މަންޑޭގެ މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި
ލަމްހާ، ގައިދީންތަކަކާ މާރަމާރީ ހިންގައި މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ
މޭރީގެ މަރު: ލަމްހާ އެދުނު ގޮތަށް އޭނާ ބަންދުން ދޫކޮށްލައިފި
ކޯޓުގައި ބުނީ ތޫނު ހަތިޔާރަކުން ބިރު ދެއްކުނީ ބަނޑުހައިވެފައިހުރުމުގެ ސަބަބުން ކަމަށް!