ސަރުކާރު ހިންގާ މައި ޕާޓީ (ޕީއެންސީ)ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލާ ތާރީހު ނޮވެމްބަރު 23 އަށް ފަސްކޮށްފި އެވެ.
ޕީއެންސީން މިރޭ ބުނީ އިންތިހާބުގެ ވޯޓުލާ ދުވަހަކީ މިމަހުގެ 9 ވަނަ ދުވަސް ކަމަށް ކުރިން ނިންމައިފައިވީ ކަމުގައިވީ ނަމަވެސް ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު 11، އާ ގުޅިގެން ނޮވެމްބަރު، 10 ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތަށް ކަނޑައެޅުމުން، ނޮވެމްބަރު 9، ގައި އިންތިހާބު ބާއްވައިފިނަމަ ދަތިތައް ކުރިމަތިވެދާނެތީ ކަމަށެވެ.
”އެ ހަފްތާ ބަންދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވުމާ އެކު ނޮވެމްބަރު 9، ވާ ހޮނިހިރު ދުވަހު ވޯޓު ލުމުގައި މެންބަރުންނަށް ތަކުލީފު ކުރިމަތިވެދާނެތީ، ވޯޓު ނަގާ ތާރީހު އެހެން ތާރީހަކަށް ބަދަލުކޮށްދިނުމަށް އެދި ކެންޑިޑޭޓުންނާއި ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އެދުނު،“ ޕީއެންސީން ބުންޏެވެ.
ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ނަގާ ތާރީހު ބަދަލުވުމާ ގުޅިގެން، އިންތިހާބު ބާއްވަން ޖެހޭ ދާއިރާތަކާއި ރަށްތައް އަދި ކެންޑިޑޭޓުންގެ ނަންތަކާއި ވޯޓު ލެވޭ މީހުންގެ ލިސްޓު ނޮވެމްބަރު 10، ވާ އާދީއްތަ ދުވަހު އާންމު ކުރާނެ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ރާއްޖޭގެ އެކި އަތޮޅުތަކުން ޖުމްލަ 2،095 މެންބަރުން އެކި މަގާމުތަކަށް އައްޔަނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.




ގުޅުންހުރި
ޕީއެންސީގެ ޕްރައިމަރީގައި 290 އަށްވުރެ ގިނަ ކެންޑިޑޭޓުން
ކައުންސިލު އިންތިހާބަށް ބާއްވާ ޕީއެންސީގެ ޕްރައިމަރީ މިމަހުގެ 27 ގައި
ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރިމަތިލައްވަނީ މޫސާ އަލީ ޖަލީލު!
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
ޕީއެންސީގެ ޕްރައިމަރީ އަންނަ މަހު 27ގައި، ކުރިމަތިލާން މާދަމާ ހުޅުވާލަނީ
ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ފަލާހް