ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުހެ ބަހުސް ފަށަން، މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ގައެވެ.
ނަމަވެސް މަޖިލީހަށް ބަޖެޓް ހުށަހަޅައި ބަޖެޓް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވިއިރުވެސް ބަޖެޓް ފޮތް ނުލިބޭ މައްސަލައިގައި، އިދިކޮޅު އެމްޑީޕީ މެންބަރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ވިދާޅުވީ، ބަޖެޓް ބަހުސް ފަށާއިރު ބަޖެޓްފޮތް ލިބޭނެ ކަމަށެވެ.
މާދަމާ މަޖިލީހުގައި ބަޖެޓް ބަހުސް ފަށާއިރު ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައި ވަނީ، ބަޖެޓް ބަހުސްގައި ވާހަކަ ދެއްކުމަށް މަޖިލީހުގެ ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދިނުމަށެވެ.
ބަޖެޓުގެ ބަހުސް ހިނގަމުންދާ ވަގުތު މެންބަރުން ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓަރަށް ޖުމްލަ 45 މިނެޓުގެ ވަގުތެއް ދޭން ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ބެޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާ ކޮމިޓީ ރިޕޯޓަށް ބަހުސްކުރާ މަރުހަލާގައި ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ އެއް ފުރުސަތު ދިނުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.




1 Comment
ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން