ގެއްލިގެން ހޯދަމުންދިޔަ ރ. މާކުރަތު ޒުވާނާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދިޔައީ މާކުރަތު/ ތިންތަރި، އަހުމަދު ޝާހީން، 21އ. އެވެ. އޭނާ ހޯދަން ފެށީ އާއިލާއަށް ހަބަރެއް ނުވެ ހަވަނަ ދުވަސް ވުމުން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޝާހީން މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.



