އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ޕާކިން އޭރިއާގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ހޮސްޕިޓަލްގައި އަލަށް ފެށި ހިދުމަތްތަކުގެ ތެރޭގައި ނެޝަނަލް ފާޓަލިޓީ ސެންޓަރާއި ހައިބްރިޑް ކެތު ލެބް ހިމެނެއެވެ. އަދި އެ ހޮސްޕިޓަލުގެ އީއާރުއަކީ ކުޑަކުދިންނަށް ހާއްސަ ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި 25 ބުރީގެ ހޮސްޕިޓަލެކެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ ހޮސްޕިޓަލުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފާފައި ނުވުމުގެ ސަބަބުން އެ ހޮސްޕިޓަލްގައި ހުރި މެޝިންތަކާއި އެ ނޫން ވެސް ވަސީލަތްތައް ވަނީ ހަލާކުވެފަ އެވެ.
މިރޭ އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވީ މީގެކުރިން ނުލިބޭ ގިނަ ހިދުމަތްތައް ލިބޭނެ ވަސީލަތްތައް ގާއިމްކުރުމަށްފަހު އެވެ. އޭގެ ތެރެއިގައި ފާޓިލިޓީ ސެންޓަރާއި ހިތާއި ނާރުގެ ބަލިތަކަށް ހާއްސަ ހައިބްރިޑް ކެތު ލެބް ހިމެނެ އެވެ.
ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ހިދުމަތްތަކުގެ ތެރޭގައި ވިހެއުމަށް ބޭނުން ކުރާ ޑެލިވެރީ ސުއިޓްސް، ކުޑަކުދިންގެ އައިސީޔޫ، ޕްރައިވެޓް ރޫމްތަކާއި އެގްޒެކްޓިވް ސުއިޓް ހިމެނެ އެވެ.

ގުޅުންހުރި
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ، ރައީސް ވިދާޅުވީ މިއީ ބިޔަ
ހަންޏާމީދުއަށް އުތުރު އަތަފަރު, ފަތުރުވެރިން ޕިކްނިކް ދާން އަލިކޮއި
ރައީސް އޮމަދުއަށް ވަޑައިގަތުމުގެ ކުރީން އެ ރަށުގެ ބައެއްގެ ގޮތުގައި ތިން
ރައީސް، އދ. އަތޮޅުގެ 10 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ވޯޓުގައި ބޭނުންވާ ވަކި ނަތީޖާއެއް
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން މި މަހު 24ގައި