ސިނަމާލެ ބްރިޖުގައި ރޭ ފަތިހު ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ ފައި ބިނދި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާތަން ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.
ފުލުހުން ބުނާ ގޮތުގައި، އެ އެކްސިޑެންޓް ރިޕޯޓް ކޮށްފައިވަނީ މިއަދު ފަތިހު 5:25 އެހާކަންހާއިރެވެ. އެކްސިޑެންޓުގައި އަނިޔާވީ ސައިކަލުގައި އިން 53 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އެ މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނި ނަމަަވެސް އަނިޔާގެ ތަފުސީލެއް ނުދެ އެވެ.
ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ބްރިޖް ނިމޭ ހިސާބުގައި ޖަހާފައި ހުރި ދަގަނޑު ފެންސު ކައިރީ އެ މީހާ ވެއްޓިފައި އޮންނަ މަންޒަރެވެ. އެ މީހާގެ ވާތު ފައިގެ ފަލަމަސްގަނޑާ ހިސާބުން ބިންދައިގެން ގޮސްފައި އޮންނައިރު އެ ފައި އޮންނަނީ އެނބުރިފަ އެވެ. އަދި މޫނުމަތިވެސް ފަޅާއިގެން ގޮސްފައި ހުރިއިރު ބޯ ޖެހިފައި އޮންނަ ތަނުގައި ލޭ ހުއްޓާވެސް ފެނެ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ