ޒަކާތު ފައިސާ ގޮތުގައި ކުރިން 14 މިލިއަން ރުފިޔާ ލިބެމުން ދިޔަ ނަމަވެސް މިހާރު ޒަކާތު ފައިސާގެ ގޮތުގައި 100 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ލިބެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެެ އެވެ.
މި އަހަރުގެ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ރާއްޖޭގައި ޒަކާތުގެ ކަންކަން ހުރިހާ ދުވަސްވަރެއްގައި ވެސް ހިންގާފައިވަނީ ވަރަށް ހަރުދަނާ ގޮތެއްގައި ކަމަށެވެ. ޒަކާތުގެ ނިޒާމަށް ކޮންމެ އަހަރަކު އެކި ކުރިއެރުންތައް ލިބެމުންދާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ މިނިސްޓަރުކަމުގައި ޒަކާތުގެ ނިޒާމަށް ވަނީ ހަރުދަނާ ބަދަލުތަކެއް ގެނެސްދެއްވައިފައި ކަމަށެވެ. އެ ބަދަލުތަކުގެ ތެރެއިގައި ޒަކާތުގެ ބެހެނިވެރިންގެ މަފްހޫމް ޒަމާނީ ފިގުހުގެ އަލީގައި ދިރާސާ ކުރައްވައި އާ ކަންތައްތަކަކަށް ޒަކާތުން ހޭދަކުރެއްވުމަށް ހިމެނޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެގޮތުން ޔަތީމު ކުދިންގެ ފޮތް، ފަންސޫރަށް ފައިސާ ދޫކުރުމާ އެކު އެ ބަދަލުގެ ދަށުން ފަގީރު ކުދިންގެ މަތީ ތައުލީމަށް ވެސް އޭރު ހޭދަކުރަން ނިންމާފައިވާނެ ކަމަށް ވިދާޅުވި އެވެ.
”މި ނޫން ވެސް ވަރަށް ގިނަ ބަދަލުތައް އެ ދުވަސްވަރު ގެނައި ޒަކާތަށް. މީހުން ހޭލުންތެރިކުރުމާއި ފޮތްތައް ތަރުޖަމާކުރުމާއި އެކި ކުންފުނިތަކަށް ބައްދަލުކޮށް ޒަކާތް ހޯދުމަށް މަސައްކަތް ކުރި،“ ރާއްޖޭގެ ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ޒަކާތު މަހާސިންތާގައި މިނިސްޓަރު ވިދާޅުވި އެވެ.
ޒަކާތަށް މީހުން ހޭލުންތެރިކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޒަކާތަށް ލިބެމުން އަންނަ ތަރުހީބު ވެސް ބޮޑުވެފައިވާ ކަމަށާއި ޒަކާތު ފަންޑަށް މިހާރު 100 މިލިއަނާ ގާތަށް ފައިސާ ލިބެމުންދާ ކަމަށް ޝަހީމު ވިދާޅުވި އެވެ. ޒަކާތުގެ ފައިސާ ލިބޭ މިންވަރު އިތުރުވަމުންދަނީ މީހުން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިވަމުންދާތީ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޒަކާތުގެ ކަންކަން ކުރިއެރުވުމަށް ގާނޫނޫނީ ގޮތުން ކަންތައްތަކެއް ކުރެވިއްޖެނަމަ އެ ނިޒާމަށް އިތުރު ބަދަލުތަކާއި ކުރިއެރުންތަކެއް އަންނާނެ ކަމަށް ޝަހީމު ވިދާޅުވި އެވެ.
އިސްލާމީ އިގްތިސާދާއި އިސްލާމީ މުޖުތަމައަކަށް ބޭނުންވާ އެކި ދާއިރާތަކުން މަތީ ތައުލީމަށް ކިޔަވަން ފުރުސަތު ފަހިކޮށްދިންއިރު އޭގެ ސަބަބުން ރާއްޖޭގެ އިސްލާމީ މާލީ މުއައްސަސާތައް އަމިއްލަ ފައި މައްޗަށް ތެދުވުމަށް ވެސް ފަހިވެގެން ގޮސްފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.




2 Comments
ގުޅުންހުރި
ރޯދައިގެ ކުރިން އާ 15 މިސްކިތެއް ހުޅުވޭނެ: ރައީސް
ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް
އެކަނިވެރި މައެއްގެ މާލީ ހިސާބުތައް އާންމުކުރެވުމުން ޝަހީމް މައާފަށް އެދިއްޖެ
އެކަނިވެރި މަޔަކު ޝަކުވާ ކުރުމުން މާލީ ހިސާބުތައް އާންމުކުރުމަށްފަހު, ޝަހީމްގެ ޕޯސްޓް
ފްލެޓަށް ޑައުން ޕޭމަންޓް ނުދެއްކި ތިބި ފަގީރުންނަށް ޒަކާތު ފަންޑުން އެ
ބަޖެޓުން މިލިއަނެއްހާ ރުފިޔާ ދޭ މީޑިއާއެއްގެ ހިއްސާދާރުންގެ ތެރޭ ޝަހީމްގެ ދަރިކަލުން