ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބޭ މުއްދަތު އިތުރުކުރަން ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ފާސްވީ ވޯޓު ދެއްވި 57 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހު ފާސްކުރުމަށް ނެގި ވޯޓުގައި އެމްޑީޕީގެ މެންބަރުން ބައިވެރިނުވެ އެވެ.
މި އިސްލާހު ފާސްވުމުގެ ސަބަބުން ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުވާނެ އެވެ.
އެ ގޮތުން އުފެއްދުމެއްގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް އެ އުފެއްދުމެއްގެ މުސައްނިފުގެ ހަޔާތުގައި އަދި އެ މީހަކު މަރުވުމަށްފަހު ފުރިހަމަ 70 އަހަރު އަދި ދެ މީހަކު ނުވަތަ އެއަަށްވުރެ ގިނަ މީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއްގެ އިގުތިސާދީ އަދި އަހުލާގީ ހައްގުތައް އެ މުސައްނިފުންގެ ތެރެއިން އެންމެފަހުން ދިރިހުރި މުސައްނިފުގެ ހަޔާތުގައި އަދި އެއަށްފަހު ފުރިހަމަ 70 އަހަރު ވަންދެން ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެ އެވެ.
މީގެ އިތުރުން ކޮޕީރައިޓާގުޅޭ ހައްގުތައް ކަށަވަރު ކުރުމުގައާއި އެނޫންވެސް ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަށްޓަކައި ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި