އެމްޑީޕީގެ ގިނަ މެންބަރުންނަކީ އިސްލާމް ދީން ގަބޫލުކުރާ ބައެއް ނޫން ކަމަށް ނުވަތަ ކާފަރުން ކަމަށް ބުނުމަކީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީ ގޮތުން ބަލިވާން ފެށުމުން ދައްކަން ފެށި ވާހަކައެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ އެމްޑީޕީ ކިޔައިފި ނަމަ އެއީ ލާދީނީ ބައެއް ކަމަށާއި އެއީ ކީރި ގުރުއާނާއި އިސްލާމް ދީން ގަބޫލުކުރާ ބައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް މާފަށް އެދިވަޑައިގެންފަ އެވެ.
މުހައްމަދު އިސްމާއިލްގެ އެ ވާހަކަ ކުށްވެރިކޮށް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގެ 9 ވަނަ މާއްދާގައި މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެކަން ކަނޑައަޅައިފައިވާތީ ކޮންމެ ދިވެހި ރައްޔިތަކީވެސް މުސްލިމެއް ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގައި މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު އެ މީހަކީ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ ޖިނާއީ ކުށެއް ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތް ކުރުމާއި އެ ބާވަތުގެ ވާހަކަދެއްކުމަކީ މަނާ ކަމެކެވެ.
”ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނިސްބަތްވާ ޕާޓީއެއްގެ މެންބަރުންނަކީ، މުސްލިމުން ނޫން ކަމަށް ބުނުމަކީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީ ގޮތުން ބަލިވާން ފެށުމުން، އެކަން ފޫބެއްދުމަށްޓަކައި ރައްޔިތުން ބައިބައި ކުރުމަށް ދީނީގޮތުން ފިތުނަ އުފެއްދުމަށް ފެށި ކަމެއްކަން ފާހަގަކުރެވެއެވެ.،“ ޝާހިދު ވިދާޅުވި އެވެ.
އޭނާގެ ޕޯސްޓުގައި މުހައްމަދު އިސްމާއިލް ދެއްކި ވާހަކައިގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އަވަހަށް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލައްވައިފަ އެވެ.




1 Comment
ގުޅުންހުރި
ސޯލިހާއި ނަޝީދު އަދި ފައްޔާޒްގެ އަރައިރުންގަނޑެއް
އިންތިހާބު ކާމިޔާބުވާނެކަމުގެ މަންޒަރު ދެއްކުމުން، ސޯލިހަށް މުޅިން ”ހަރާބުވި“: ނަޝީދު
ޗެއާޕާސަން ފައްޔާޒްގެ ފަހު ބަސް: ހިތަށް ވީ ތަދުގެ ބަދަލު ހޯދަން
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި
ސާޖިދާއަށް އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ފެމިލީ ކޯޓު
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ