މާލޭގައި ރޭ ތިން މާރާމާރީއެއް ހިންގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުން ބުނީ ހެލްމެޓް އަޅައިގެން ތިބި ބަޔަކު ދިރިޕަބްލިކް ކެޕޭ ތެރެއަށް ވަދެ މާރާމާރީ ހިންގައިފައިވާ މައްސަލައެއް ރޭ ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެ ކެފޭއަށް ގެއްލުންދިން މައްސަލަ ވެސް ހުށަހަޅައިފައިވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި ވަނީ ކިންޒާ ކެފޭ ކުރިމަތީ ހަ މީހަކު އައިސް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއް ވެސް ހުށަހަޅައިފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ހަމަ އިއްޔެގެ ވަގުތެއްގައި ނޫރު މިސްކިތް ކައިރީގައި ވެސް ބަޔަކު މާރާމާރީ ހިންގައިފައިވާ މައްސަލައެއް ފުލުހަށް ހުށަހަޅައިފައިވާ ކަމަށެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހު ލެޓްސްގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލައެއް ވެސް ހުށަހަޅައިފައިވާ ކަމަށެވެ.
އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




ގުޅުންހުރި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!