އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ 10،000 ރުފިޔާއަށްވުރެ އިތުރުވާނަމަ ބަހާލައިގެން ދެއްކޭ ގޮތް ހަދައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި ”އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ގަވާއިދު“ ގައިވަނީ ޖޫރިމަނާގެ ފައިސާ އިންސްޓޯލްމަންޓަށް ބަހާލައިގެން ދެއްކޭނެ ޝަރުތުތަކެއް ކަނޑައަޅައިފަ އެވެ.
އެ ޝަރުތުތަކަކީ ދައްކަންޖެހި ނުދައްކާހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކަށާއި، އެ ފައިސާއަކީ ފައިސާ ދެއްކުމުގެ ސުންގަޑި ފާއިތުވެފައިވުމާއި، މި ގަވާއިދުގެ ދަށުން ފައިސާ ބަހާލައިގެން ދެއްކުމަށް ހުށަހަޅާ ފަރާރްތަކަށާއި، މީގެ ކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު މީގެ ކުރިން ދީފައިވާ ފަރާތަކަށް ނުވުމާއި، މިގޮތަށް އެދޭ ފަރާތަކީ އުޅަނދުގެ ވެރިފަރާތް ކަމުގައިވުމެވެ.
އެ ގަވާއިދުގެ މަގުސަދަކީ، އެއްގަމުގައި ދުއްވާ އުޅަނދުތަކުންނާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުން ކޮންމެ އަހަރަކު އެއްފަހަރު ދައްކަންޖެހޭ އަހަރީފީއާއި އަހަރީފީ ނުދެއްކުމުގެ ސަަބަބުން އަރައިފައިވާ ޖޫރިމަނާގެ ފައިސާއާއި، އަދި އެނޫންވެސް ޖޫރިމަނާގެ ތެރެއިން ދައުލަތަށް ދައްކަން ޖެހި ނުދެއްކި ހުރި ފައިސާ އެކީ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި އެ ފައިސާ ދައުލަތަށް ދެއްކޭނެ މަގު ފަހިކޮށްދިނުން ކަމަށް ގަވާއިދުގައި ބުންޏެވެ.
ބަހާލައިގެން އިންސްޓޯލްމަންޓަށް ދެއްކުމުގެ ފުރުސަތު ދެވޭނީ، ކޮމިޓްމަންޓް ފީ ދެއްކުމުން ކަމަށް އެ ގަވާއިދުގައި ވެއެވެ. އަދި ކޮމިޓްމަންޓް ފީ ދެއްކުމަށް ގިނަވެގެން ދެވޭނީ 14 ދުވަސް ކަމަށް ބުނެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ކޮމިޓްމަންޓް ފީ ދައްކައިފައި ނުވާ ނަމަ، އިތުރު އެންގުމަކާ ނުލައި، ހުށަހަޅާ ފަރާތުގެ ފޯމު ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
4 Comments
ގުޅުންހުރި
އާރުޓީއެލް ފެރީގެ ހިދުމަތް އަގުހެޔޮކޮށް ދޭންޖެހުމުން ދައުލަތަށް ގެއްލުންވާތީ، ޓިކެޓުގެ އަގުތައް
ކޫއްޑޫގެ ރަންވޭ މަރާމާތުކޮށް ދަތުރުތައް ވަރަށް އަވަހަށް ފަށާނެ: އަމީން
ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލަން އަންގައިފި
ހުޅުމާލެ މަގުތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކުރަން ފަށަނީ
މާލޭގައި ދުއްވާ އެހެން ޒޯންތަކުގެ އުޅަނދުތައް ހުޅުމާލެ ގެންދަން އަންގައިފި، ލިބޭނީ
ސީ އެމްބިއުލާންސް އެހެން ދަތުރުތަކަށް ބޭނުންކުރިޔަސް ބަލިމީހުން އުފުލުމަށް ދައްޗެއް ނުވާނެ: