އޭޕްރިލް 18, 2025

މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ދޭންވެގެން ޖެނުއަރީ 2 ބަންދުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު

އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.

މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، މީލާދީ އާ އަހަރު ފެށޭ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު ކަލަންޑަރުގައިވާ ގޮތުން 1 ޖެނުއަރީ 2025 ވަނީ ބުދަ ދުވަހާކަމަށްވެފައި، އެ ދުވަހާ ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީ، ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.

ރައީސް އެގޮތަށް ހަމަޖެއްސުމުން ސަރުކާރު މުވައްޒަފުންނަށް ހަތަރު ދުވަހުގެ ބަންދެއް ލިބޭނެ އެވެ.