ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އެކަން ފުލުހުންވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެނގިފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރޭގައި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ ބައެއް ވެރިން ވެސް ހިމެނެ އެވެ.
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ވެސް ނޫން ކަމަށް އޮތީ ކަނޑައަޅައިފަ އެވެ. ނަމަވެސް ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓްރީ އާއެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް އެޗްޑީސީގައި އޭނާ އެދުނެވެ. ފަޒީލް އެ ހުއްދައަށް އެދުނީ 30 ޖޫން 2024 ގައެވެ.
މި މައްސަލަ ފެންމަތިވީ ފަޒީލް ހުށަހެޅި ބިމުގެ ވަށާފާރު ރޭނުމަށް އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކުވެސް ހުށަހެޅުމުންނެވެ. އެހެންވެ އެ ގޯތި ލިބިފައިވަނީ ކާކަށްތޯ ބެލުމަށް އެޗްޑީސީން 24 ޖުލައި 2024 ގައި ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި އެވެ.
އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން 15 އޮގަސްޓް 2024 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ގޯތީގެ ފާރު ރޭނުމަށް އެދިފައިވާ ދެ މީހުންނަކީވެސް ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ފާރު ރާނަން އެދިފައިވާ ގޯއްޗަކީ މިނިސްޓްރީން އެއްވެސް މީހަކާ ހަވާލުކޮށްފައިނުވާ ގޯއްޗެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި، އެ ކުންފުނީގެ ބޯޑާއި ބައެއް އިސް މުވައްޒަފުން އިއްޔެ މަގާމުން ސަސްޕެންޑުކޮށްފައިވާއިރު ފަޒީލް ވެސް އިއްޔެ ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ އަމުުރަކަށް ފުލުހުންނާއި އޭސީސީ ގުޅިގެން ބިންވެރިޔާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ފަށަން ތައްޔާރުވެފަ އެވެ.

1 Comment
ގުޅުންހުރި
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ
މީހަކު ރަހީނުކޮށް، އާއިލާއަށް ގުޅައި ފައިސާ އަތުލަން އުޅުނު ދެ ބިދޭސީން
އިމާރާތެއްގެ ބައިތަކެއް ވެއްޓި ހަތަރު އުނޅަދަކަށް ބޮޑެތި ގެއްލުންތަކެއް
ޒަކިއްޔާގެ މަރު: ދައުވާކުރަން އެދުނު ފުލުހުންގެ ތެރޭގައި ސީޕީ ނަވީން!
ޖަލަށް މަނާތަކެތި ވެއްދި ކަމަށް ތުހުމަތު ކުރެވޭ އޮފިސަރުން އަދިވެސް ސަސްޕެންޝަންގައި
އަމުރަށް ތަބާނުވެ، ފުލުހުންގެ ސައިކަލެއްގައި ޖެއްސި މީހާ 24 ގަޑިއިރު ނުވަނީސް