ޑިސެމްބަރ 22, 2024

އަލިފާނުގެ ހާދިސާ ތަހުގީގުކުރަން އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ރާއްޖެ އަތުވެއްޖެ

ތިން މިނިސްޓްރީއެއް ހިންގަމުން އަންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، އެ މީހުން މިހާރު ދިވެހި ފުލުހުންނާއެކު ތަހުގީގުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ރާއްޖެ އައިކަން ސީޕީ ވިދާޅުވި ނަމަވެސް އެއީ އެ ގައުމުގެ ކޮން އިދާރާއެއްގެ ބައެއް ކަމެއް، އެ ޓީމުގައި ހިމެނެނީ ކިތަން މީހުން ކަމެއް އަދި އެ ޓީމު ރާއްޖެ އައިސްފައިވަނީ ކޮންއިރަކު ކަމެއް ވިދާޅެއް ނުވެ އެވެ.

އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ހާއްސަ ޓީމެއް ރާއްޖެ އައި އިރު، އެކަމުގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ސީޕީ މި މަހުގެ 14 ވަނަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

ތިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއް ހިންގަމުން އައި މ. ގްރީން ބިލްޑިންގުގައި އަލިފާން ރޯވީ މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 6:40 ހާއިރެވެ. އެ ހާދިސާގައި ފުރަތަމަ ރޯވީ ހައުސިން މިނިސްޓްރީގަ އެވެ. އޭގެ ފަހުން، ހުޅުގަނޑު ބޮޑުވަމުން ގޮސް، އެ އިމާރާތުގައި ހިންގާ ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެ ތަނާ ޖެހިގެން ހުންނަ އެންވަޔަރަންމެންޓް މިނިސްޓްރީގައި ރޯވި އެވެ.

ހަތަރު ގަޑިއިރު ފަހުން އަލިފާން ނިއްވާލިއިރު މުޅި ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.

16 Comments

  • Mohamed Waheed ޑިސެމްބަރ 20, 2024

    Kobaa turkey molhu hadoo

  • Kayne ޑިސެމްބަރ 20, 2024

    India IN

  • Shameen Jihad ޑިސެމްބަރ 20, 2024

    އިންޑިޔާގެޓީމެއް ނޫން ޗައިނާ،ބަންގާޅުންގ. ބަޔަކުއަޔަސް އެކަމަކީ ނުވާކަމަކަށް ނުވާނެ..މިމީހުންގެ ސިކުނޑިހާދަ ޅައޭ…..😶

  • Hawwa Zahira ޑިސެމްބަރ 20, 2024

    CID team

  • Eashal Ezmeray ޑިސެމްބަރ 20, 2024

    India out gova govaafa Mihaaru India thovvari ah eri dhw abadhu thibeneee

  • Ahmed Zuhair ޑިސެމްބަރ 20, 2024

    Fake drama

  • Aasimaa Abdhuraheem ޑިސެމްބަރ 20, 2024

    Kobaathurukee meehun

  • Rizham Razyn ޑިސެމްބަރ 20, 2024

    Mikedun gei Ibrahim Jinau

    • Rizham Razyn ޑިސެމްބަރ 20, 2024

      Dhee Inmma Imraan

      • Inmma Imraan ޑިސެމްބަރ 20, 2024

        Rizham Razyn adhi mirey Shuaib Thuhthu ahs thebeh furai nune

    • Ibrahim Jinau ޑިސެމްބަރ 20, 2024

      Rizham Razyn thekamaai veaduveanei moosun mikamah ehbaarulun libign

      • Rizham Razyn ޑިސެމްބަރ 20, 2024

        Ibrahim masakah nikeraa dhuvahashas payment libeyhehe, haas nive

      • Ibrahim Jinau ޑިސެމްބަރ 20, 2024

        Rizham Razyn rangalha veahe pocket money libehe dhy

  • Abdulla Afzal ޑިސެމްބަރ 20, 2024

    India Out kurin buni vaahaka cancel. POH

  • إشهد إشهد ޑިސެމްބަރ 20, 2024

    India out 😅😅

  • Hussain Salah ޑިސެމްބަރ 21, 2024

    Thahugeegu koh nimey iru thiyaa thanakun baguwaane fenumaki ekashigen vaa kemeh.

Leave a Reply