ޑިސެމްބަރ 22, 2024

އަކުރަމް އާއި އާރިފް ހިމެނޭހެން ކުރީގެ ފްލެޓް ކޮމިޓީގެ މެންބަރުންގެ ޕާސްޕޯޓް ހިފަހައްޓައިފި

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން އިތުރު ހަތަރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ހަތަރު މީހުންނަކީވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފްލެޓް ކޮމިޓީގެ މެންބަރުންނެވެ. އެ މީހުންގެ ޕާސްޕޯޓް ހިފަހަައްޓަން އަމުރަކަށް އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަންވެސް އެނގިފައިވެ އެވެ. އަކުރަމްގެ އިތުރުން ދެން ޕާސްޕޯޓް ހިފަހައްޓަން ނިންމި މީހުންނަކީ:

  • ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް
  • ކުރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމް
  • ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމް ވަހީދު (ނާމު)

އޭސީސީން އެދިގެން މި ހަތަރު މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓު ދޫކުރި ގޮތާގުޅޭ ގޮތުން އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން އެ ހަތަރު މީހުންގ ގެތައް ވަނީ ބަލައިފާސްކޮށްފަ އެވެ. އެއީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް އެއްވެސް ތުހުމަތެއް ނުވަތަ ދައުވާއެއް ކުރުމަށް އޭސީސީން އޭރު ނިންމާފައެއް ނުވެ އެވެ.

ދެ މަސް ދުވަހަށްވުރެ ދިގު ތަހުގީގަކަށްފަހު އޭސީސީން އޭރު ބުނީ ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ޕްލެޓް ލިބުނު ކަމަށް ކުރީގެ ހައުސިން މިނިސްޓްރީން ނިންމި މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އަދި 4،000 ފުލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓު ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

6 Comments

  • Ok Dhw ޑިސެމްބަރ 20, 2024

    Police doing a great job to confuse the community.. 🤷‍♂️

  • Manaam Ahmed ޑިސެމްބަރ 20, 2024

    ތިޔައެއްޗެހިން ނައް ދައުވާކުރަންވި ދިވެހި ރައްޔިތުންގެ މުދަލެއް ވަކި ބަޔަކައް މަންފާހޯދަދޭން ފޮތިފޮތި ކޮއްފަ ދީ ނާޖާއިޒް ފާދާ ނަގާފަވާތީ

  • Ahmed Midshan ޑިސެމްބަރ 20, 2024

    Ekamu mithiba 2 meehun hevany bolah Mani aragen ulhunu hen Adduans Salhi Comments dhoa

  • Dhi Mubu ޑިސެމްބަރ 21, 2024

    NSPA vagu passport nuhifahtaatha

  • Dhi Mubu ޑިސެމްބަރ 21, 2024

    Goathi vagu passport nuhifahtaatha

  • Shameen Jihad ޑިސެމްބަރ 22, 2024

    ތިއީ މިޑްރާމާގެ ފުރަތަމަ އެޕިސޯޑްގެ ތަންކޮޅެކެވެ..
    މިޑްރާމާގައި 5އެޕިސޯޑް އޮންނާނެކަމަށް ލަފާކުރެވެއެވެ!

Leave a Reply