ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެ ހުށަހެޅި މައްސަލަ އަމާޒުވާ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ މާލެއިން ބިމެއް އޮންނަކަން އެނގިއްޖެ އެވެ.
އެކަން އެނގުނީ ސިވިލް ކޯޓުން އޮކްޓޫބަރު މަހު ނިންމި ތަރިކައިގެ މައްސަލައަކުންނެވެ.
ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް އަށް ވަނީ އެ ދެ ބޭފުޅުންގެ ބައްޕަގެ ތަރިކައިން މ. ޒޭވަރުގެއިން ބައެއް ލިބިފަ އެވެ. ސިވިލް ކޯޓުގެ ހުކުމްގެ އެނގޭ ގޮތުގައި އެއީ 2،000 އަކަފޫޓްގެ އެ ގޯތި ބަހައިފައިވަނީ އަށް ބަޔަށެވެ.
ތަރިކަ އިން ފަޒީލަށް ލިބުނު ބިމުގެ އިތުރުން، އޭނާގެ މަންމަ ވަނީ ޒޭވަރުގޭގެ އެއް ބައި ފަޒީލަށް ހިބަކޮށްދީފައި ކަން ވެސް ސިވިލް ކޯޓުގެ ހުކުމުން އެނގެ އެވެ. އޭގެފަހުން ފަޒީލް ވަނީ ތަރިކައިން އޭނާއަށް ލިބިފައި އޮތް ބައިގެ ދެބައިކުޅަ އެއް ބައި އަނބިމީހާއަށް ހިބަކޮށްދޭން ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.
ސިވިލް ކޯޓުން ވަނީ މިދިޔަ މަހު ފަޒީލް އެދުނު ގޮތަށް އަނބިމީހާއަށް އެ ބިން ހިބަކޮށްދީ، އޭނާގެ ނަން މައްޗަށް ބަދަލުކޮށްފަ އެވެ.
ކޯޓު މެދުވެރިކޮށް ފަޒީލް ހިންގާފައިވަނީ ހުޅުމާލޭގެ ގޯތީގެ ވަށައިފާރު ރާނަން އެޗްޑީސީއަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ފަހު ކަން ތާރީހުތަކުން އެނގެ އެވެ.
މި މައްސަލަ ފެންމަތިވީ ފަޒީލް ހުށަހެޅި ބިމުގެ ވަށާފާރު ރޭނުމަށް އަބްދުލްމަޖީދު މާހިރު ކިޔާ ދިއްދޫ މީހަކުވެސް ހުށަހެޅުމުންނެވެ. އެހެންވެ އެ ގޯތި ލިބިފައިވަނީ ކާކަށްތޯ ބެލުމަށް އެޗްޑީސީން 24 ޖުލައި 2024 ގައި ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި އެވެ.
އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީން 15 އޮގަސްޓް 2024 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ގޯތީގެ ފާރު ރޭނުމަށް އެދިފައިވާ ދެ މީހުންނަކީވެސް ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ފާރު ރާނަން އެދިފައިވާ ގޯއްޗަކީ މިނިސްޓްރީން އެއްވެސް މީހަކާ ހަވާލުކޮށްފައިނުވާ ގޯއްޗެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީން އެ ޖަވާބު ދިންތާ ފަސް މަސް ފަހުން އިއްޔެ އެ ލިޔުންތައް ސޯޝަލް މީޑިއާގައި އާންމުވެ، ޝަކުވާ ބޮޑުވުމުން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.
3 Comments
ގުޅުންހުރި
އަނެއްކާވެސް ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
އުސޫލުން ބޭރުން އޭސީޕީ ރަޖުނީ ވިނަރެސް ފުލެޓް ހޯދި ކަމަށް ތުހުމަތުވާ
ބިންވެެރިޔާ މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ހިންގޭނެ ކަމަށް ގަބޫލުނުކުރެވޭ: އެމްޑީޕީ
ސީމެކްސްގެ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލި ކަމަށް ބުނެވުނީ އޮޅުމަކުން: އެމްއެންޑީއެފް
ގެއްލުނު ނޭޕާލް ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި
ސައިކަލުގައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރިގަންނަން އުޅުނު މީހާ