ޑިސެމްބަރ 24, 2024

ދެ ކިލޯގެ ޑްރަގް މައްސަލައެއްގެ 50 އަހަރުގެ ޖަލު އަދަބު 25 އަހަރަށް ކުޑަކޮށްދީފި

މިދިޔަ މެއި މަހުގެ މާލޭގެ ގެއެއް ބަލައިފާސްކޮށް ފުލުހުން 2.7 ކިލޯގެ ޑްރަގާ އެކު އަތުލައިގަތް މީހަކާ އެކު، ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން 50 އަހަރުގެ ޖަލު ހުކުމެއް 25 އަހަރުގެ ޖަލު އަދަބަކަށް ކުޑަކޮށް. އެ މީހާ އަދަބު ކަނޑައަޅައިފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މުހައްމަދު ހަސަން ކިޔާ މީހެކެވެ. އޭނާ ދިރިއުޅޭ ގެ ކަމަށްވާ މއ. ސެބޫގެއިން ވަނީ ކެނިބިސް ޓްރެފިކް ކުރުމުގެ މިންވަރަށް ކެނަބިސް ފެނިފައެވެ. އަދި ޑައިމޯފިން ޓްރެފިކްކުރި ކަމުގެ ދައުވާ ކުރެވޭ މިންވަރަށް ވަނީ ޑައިމޯފިން ފެނިފައެވެ. އެގެއިން ފުލުހުން ހޯދި އެ ދެ ބާވަތުގެ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.7 ކިލޯ ހުއްޓެވެ.

އެހެންވެ ދައުލަތުން ވަނީ އެ މީހާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލި އެވެ. އެއިން ކޮންމެ ކުށެއްގެ އަސްލު އަދަބަކީ 25 އަހަރަށް ޖަލަށްލުމާ އެކު 100،000ރ. ޖޫރިމަނާ ކުރުން ކަމަށް ވާތީ، އެ ދެ ކުށުގެ ޖުމްލަ އަދަބަކީ 50 އަހަރަށް ޖަލަށްލުމާ އެކު، 200،000ރ. ޖޫރިމަނާ ކުރުމެވެ.

ނަމަވެސް މުހައްމަދު ހަސަންއާއި ދައުލަތާއި ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި 50 އަހަރުގެ ހުކުމް 25 އަހަރުގެ ހުކުމަށް ބަދަލުކޮށް 200،000ރ ޖޫރިމަނާ ވަނީ 100،000ރ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްފަ އެވެ.

ކުރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ވަނީ އެއީ ސައްހަ އިއުތިރާފުގެ އެއްބަސްވުމެއް ކަަމަށް ބަލައިގެންފަ އެވެ.

އެހެންވެ، އެ މީހާ އަށް ކޯޓުން އިއްވި ޖުމްލަ އަދަބަކީ 25 އަހަރުގެ ޖަލު ހުކުމަކާއެކު، 100،000ރ. ގެ ޖޫރިމަނާ އެކެވެ. އަދި އެ މައްސަލާގައި ފުލުހުން އަތުލައިގަތް 9،000ރ. އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުނަގާ ދޫކޮށްލަން ވެސް ވެސް ދައުލަތުން އެއްބަސްވި އެވެ.