ތ. ތިމަރަފުށީގައި އިއްޔެ ގެޔަކަށް ވަދެ ހިންގި މާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ހައްޔަރުކޮށްފައިވާ ފަސް މީހުންނަކީ:
ތ. ތިމަރަފުށި، ޖަހާމުގުރިގެ، އަހްމަދު އަމީން، 36
ތ. ތިމަރަފުށި، ސަލްވާ، އަހްމަދު ޝަހީދު، 38
ކ. މާލެ، ވ. ވަވަތް، މުހައްމަދު ރައޫފު, 54
ތ. ތިމަރަފުށި، ގުލްބަކާވިލާ، އަބްދުﷲ އަޝްރަފް، 39
ތ. ތިމަރަފުށި، ހިރި، އާސް އިބްރާހިމް، 32
އިއްޔެ ފުލުހުން ބުނީ، ފަސް މީހަކު ތިމަރަފުށީގެ ގެޔަކަށް ވަދެ މާރާމާރީއެއް ހިންގި ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.
އެ މަރާމާރީ ހިންގާފައިވަނީ އެ ރަށުގެ ޒުވާން ދެ ފިރިހެނެއްގެ މެދުގައެވެ. އެގޮތުން ހަމަނުޖެހުމުގެ ތެރެއިން އެކަކު، އަނެއް މީހާގެ ބުރަކަށްޓަށް ވަޅިން ހަމަލާ ދީފައިވެއެވެ.
އެ ހަމަލާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުންޏެވެ. އޭނާއަށް ފަރުވާ ދިނީ ތިމަރަފުށީ ހެލްތު ސެންޓަރުގައެވެ.




ގުޅުންހުރި
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި