މާލެއަށް މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެހީއަށް އެދި 400 ކޯލް ލިބުނު ކަމަށާއި އޭގެތެރެއިން އެންމެ ބޮޑަށް ގެއްލުންވި 35 ގެއެއްގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނެފި އެވެ.
އެންޑީއެމްއޭ އިން ގިނަ މީހުން ގުޅައިފައި އެހީއަށް އެދިފައިވަނީ ފެންބޮޑުވުމާ ގުޅިގެން ވެލި ބަސްތާ ޖެހުމަށް ކަމަށެވެ.
މި ކޯލްތަކުގެ ތެރެއިން ރެޕިޑް އެސެސްމަންޓް ހެދުމަށް ފަހު އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ 35 ގޭގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި މި ގެތަކުގައި ހިމެނޭ މީހުންގެ ތެރެއިން އެހެން ތަންތަނަށް ބަދަލުކުރަން ޖެހޭ މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މިއަދު މާލެއަށްކުރި ވިއްސާރައިގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާއިރު އަދިވެސް ގިނަ މަގުތަކުން ފެން ހިނދިފައިނުވެއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ މާލޭގެ މަގުތަކުން 10،000 އެއްހާ ޓަނުގެ ފެން ބެއިރުކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި
އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި، ދައުވާކޮށްގެން ފަހަތައް ނުޖެއްސޭނެ: ސޯލިހު
ކުޑަކުއްޖަކު ލައްވާ އޮރިޔާންކާޑު އުފެއްދި މީހަކު 20 އަހަރަށް ޖަލަށް
ކުޑަކުއްޖެއްގެ ގަޔަށް ހޫނު ފެން އެޅި ވަރަށް ބޮޑަށް ފިހިއްޖެ
މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށްވެސް ފަސްޓް ލޭޑީގެ ފަރާތުން
ވެކޭޝަންސް އެކްސްޕޯ މާދަމާ ފަށަނީ، ޒިޔާރަތްކޮށްގެން އުމުރާ ދަތުރެއް ލިބުމުގެ ފުރުސަތު!
ކުރުސީ އެކައުންޓް ހިންގަނީ ކާކުކަން ވަރަށް ސާފުކޮށް އެނގޭ: ރަޝިޔާ