ރާއްޖޭގެ ހުރިހާ ރަށެއްގައި ހައުސިން މަޝްރޫއުތައް ހިންގުމަށް މިމަހު ބިޑަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ހުވަދޫ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހޯނޑެއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މިއަހަރުގެ ބަޖެޓް އެކުލަވާލައިފައިވަނީ އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެހެންކަމުން މިއަހަރު އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.
”އަޅުގަނޑު ފިނޭންސް މިނިސްޓަރަށް ދަންނަވާފަ އޮންނާނެ މިމަހުގެ ތެރޭގަ، ޖެނުއަރީ މަސް ނިމުމުގެ ކުރީން އަޅުގަނޑު ރަށްރަށުގައި ހައުސިން ޔުނިޓް ހެދުމަށްޓަކައި އަޅުގަނޑު ކެމްޕޭންގައި އިއުލާނުކޮށްފައި ހުރި ހުރިހާ މަޝްރޫއެއް ޓެންޑަރަށްލައި އަޅުގަނޑުމެން ބިޑަށް ހުލުވާލައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން. އެ ޕްރޮސެސްގެ ތެރެއިން ކޮންޓްރެކްޓަރުން ހޯދި ދެން މަސައްކަތްތައް ހަވާލު ކުރެވި ކުރިއަށް ދާން،“ ރައީސް ވިދާޅުވިއެވެ.

2 Comments
ގުޅުންހުރި
ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ދެ ގޮތެއް ހުށަހަޅައިފި: ވިލާއަށް
މާދަމާ މާލެއާއި ހުޅުމާލެއިން އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަދާލަތު ޕާޓީ ވުޖޫދުން ފޮހެލަން ބާރުގަދަ ފަރާތްތަކުން މަސައްކަތްކުރި: އިޔާޒު
ގެދޮރުވެރިޔާ ފްލެޓު އެއްބަސްވުމުގައި 1،826 މީހުން ސޮއިކޮށްފި
ކައުންސިލް އިންތިހާބަށް 260 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަނީ، ވޯކް-އިން
އިންޑިއާ އަންހެނަކު ލުބޫބޫ ޑޯލްއަށް އަޅުކަންކުރާތަން ވައިރަލްވެއްޖެ