ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބުނު ސިފައިންނަށް، ސިފްކޯއިން ފުލެޓް ނުދޭން ނިންމި ނިންމުން ބާތިލުކޮށް ފުލެޓް ހަވާލުކޮށްފި އެވެ.
ސިފްކޯ ފުލެޓް ލިބުނު ސިފައިން ކަނޑައަޅައިފައިވަނީ 2014 ވަނަ އަހަރު އެވެ. އަދި އެ ސިފައިން ވަނީ ޑައުންޕޭމަންޓުގެ ގޮތުގައި 91،000 ރުފިޔާ ދައްކައިފަ އެވެ. ސިފްކޯ ފްލެޓްތައް ނިމުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
ސިފްކޯ ފްލެޓްތައް ނުނިމި ދިގުލައިގެންދިޔަ މުއްދަތުގައި އެ ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅާފައި އޮތް ބައެއް މީހުންނަށް އަދި ބައެއް މީހުންގެ އަނބިން/ފިރިންނަށް އެހެން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ހޯދަން ހުށަހަޅާފައިވެ އެވެ. އެގޮތުން، ހިޔާ މަޝްރޫއުގެ ތެރެއިން ބައެއް ސިފައިންނަށް ފްލެޓް ލިބުނެވެ.
ސިފްކޯ ފްލެޓަށް ކުރިން ޑައުންޕޭމަންޓް ދައްކާފައި އޮތަސް ހިޔާ ފްލެޓް ލިބުނު ސިފައިންނަށް ނުވަތަ ސިފައިންގެ އަނބިން/ފިރިންނަށް ސިފްކޯ ފްލެޓް ނުލިބޭނެ ކަމަށް އެ ފަހުން ވަނީ ކަނޑައަޅައިފަ އެވެ.
ސިފްކޯއިން ފުލެޓް ނުލިބޭނެ ކަމަށް ނިންމި ނިންމުމާމެދު
ހިތްހަމަނުޖެހިގެން ސިފައިންގެ ދެ މީހަކު ސިވިލް ކޯޓުގައި ކުރި ދައުވާގައި ބުނެފައިވަނީ ސިފްކޯ ފްލެޓަށް އެދުނުއިރު އަދި ފްލެޓް ލިބޭނެ ކަމަށް ލިޔުން ދޫކުރިއިރު ނެތް ޝަރުތެއް ކުރިމަތިކުރުވައި ފްލެޓް ނުލިބޭނެ ކަމަށް ނިންމި ނިންމުމަކީ ބާތިލްވާނެ ކަމަށެވެ. އެހެންވެ، ސިފްކޯ ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށް އެއްބަސްވުން ހަދަން އަމުރުކުރަން އެދިފައިވެ އެވެ.
މި ދެ މީހުންނަށް ވެސް ސިފްކޯ ފްލެޓް ނުދޭން ނިންމީ އެ މީހުންގެ އަނބިންނަށް ލިބުނު ހިޔާ ފްލެޓަކީ، އެހެން ބޯހިޔާވަހިކަމެއް ލިބުން ކަމަށް ބަލައިފަ އެވެ.
މި ދައުވާއާ މެދު ގޮތް ނިންމައި ސިވިލް ކޯޓުން ހާމަކޮށްފައިވާ ނިންމުމުގައިވާ ގޮތުން ކޯޓުގައި މައްސަލަ ކުރިއަށް ދަނިކޮށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވަނީ އެ ދެ މީހުންނަށް ސިފްކޯ ފްލެޓް ދޭން ނިންމައިފަ އެވެ. އަދި މިހާރު ވަނީ ފްލެޓް ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. އެހެންވެ، ދެ މީހުން ވެސް ވަނީ ސިވިލް ކޯޓުގައި ކޮށްފައި އޮތް ދައުވާ އަނބުރާ ގެންގޮސްފަ އެވެ.
ނަމަވެސް އެމްއެންޑީއެފުން ބުނެފައިވަނީ ހިޔާ މަޝްރޫއިން ފުލެޓް ލިބުނު ސިފައިންގެ މީހުންނަށް ސިފްކޯއިން ފުލެޓް ދީފައިނުވާނެ ކަަމަށެވެ. އެގޮތަށް އެމްއެންޑީއެފުން ބުނީ ކީއްވެ ކަމެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ނުދެ އެވެ.

ގުޅުންހުރި
ރާއްޖޭގެ ޔުނިވާސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ބޭފުޅަކަށް ޝައިހް އިސްމާއިލް
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ގާޒާގެ ކުޑަކުދިން ކައިގެން ތިބެނީ ދުވާލަކު އެއްއިރު!
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި