އޮންލައިންކޮށް އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލު ބަދަލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އީސީން މިއަދު ބުނީ އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލު ބަދަލުކުރަން ނިންމީ ޕާޓީތަކަށް މެންބަރުން އިތުރުކުރުމުގެ ގޮތުގެ ވަގު ފޯމު ހުށަހަޅާތީ އެކަން ހުއްޓުވާތީ ކަމަށެވެ. އީސީން ބުނީ ވަގު ފޯމު ހުށަހެޅުމުގެ މައްސަލަތަކަކީ ސިޔާސީ ޕާޓީތަށް އުފެއްދުނީއްސުރެ ފެންމަތިވަމުންދާ މައްސަލަތަކެއް ކަމަށެވެ.
އީސީން ބުނީ ކުރިއަށް އޮތް ދެ މަސް ތެރޭ އީފާސް މެދުވެރިކޮށް ޕާޓީއަށް ވައްދާ ގޮތަށް އުސޫލުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
”މިހާރު މި ހުށަހަޅަނީ ފިޒިކަލް ފޯމު. އެއަށް ބައިވަރު ފީޗާތައް އަޅުގަނޑުމެން އެޑްކޮށްފިން. އެކަމަކު ވަގު ފޯމުގެ މައްސަލަ ހައްލެއް ނުވޭ. އެހެންވެ މިހާރު އޮންލައިންކޮށް ބަޔޯމެޓްރިކޮށް ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު މިކުރަނީ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އީފާސް މެދުވެރިކޮށް ފޯމް ހުށަހަޅަން ޖެހޭ ގޮތަށް ބަދަލުކުރަން މި މަސައްކަތް ކުރަނީ،“ ޒަކަރިއްޔާ ވިދާޅުވި އެވެ.
އީސީން މިއަދު ބުނި ގޮތުގައި، ވަގު ފޯމް ހުށަހަޅައިގެން 300އެއްހާ ޝަކުވާ މިދިޔަ އަހަރުގެ ފަހު ދެ ކުއާޓަރުން ފެށިގެން މިދިޔަ ހަފްތާގެ ނިޔަލަށް އެ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ.

1 Comment
ގުޅުންހުރި
އަޒާން އަލުން 241 ކޮމިޓީ އާއި މާލިއްޔަތު ކޮމެޓީއަށް އައްޔަން ކުރައްވައިފި
މީޑިއާގެ ބިލުގައި ދިފާއުގައި ހައްނާން ދީނީ ކާޑު ނަންގަވައިފި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25: މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް