އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން މިދިޔަ ޑިސެމްބަރު މަހު އުމްރާއަށް ގެންދިޔަ މީހުން ހާލުގައި ޖެހުނު މައްސަލައިގައި އެ ގްރޫޕު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، އުމްރާއަށް މީހުން ގެންދިއުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައިފި އެވެ.
މައުލޫމާތު އެނގޭ މީހަކު ނަން ނުޖަހާ ގޮތަށް މި ނޫހަށް މައުލޫމާތު ދިން ގޮތުގައި އަލްހިޖުރަގެ ހަވާލުގައި އުމްރާއަށް 24 މީހަކު ދިޔަ އެވެ. އޭގެ ތެރޭގައި އެ ގުރޫޕަށް ނިސްބަތްވާ ހަ މީހަކުވެސް ހިމެނޭ ކަމަށް ބުންޏެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އަލްހިޖުރަ ގުރޫޕުގެ ހަވާލުގައި ދިޔަ މީހުން އަނބުރާ ރާއްޖެ ނާދެވި ސައުދީގެ މައްކާގައި ތާށިވީ، ރިޓާން ޓިކެޓު ގަންނަން ހުރި ފައިސާ އެ ގުރޫޕުން އެހެން ކަންކަމަށް ބޭނުންކުރުމުން ޓިކެޓު ނުނެގިގެންނެވެ.
އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހިޖްރާ ގްރޫޕުން ޑިސެމްބަރު އުމްރާއަށް ގެންދިޔަ އުމްރާވެރިން ފައިސާ ދެއްކިޔަސް އެ ފައިސާ ކުންފުނީގެ އެހެން ކަމަކަށް ބޭނުން ކޮށްފައިވާ ކަމަށް އެ ކުންފުނިން އިއުތިރާފު ވެފައިވާ ކަމަށެވެ.
އެހެންވެ އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައި އެ މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
ހިޖްރާ ގްރޫޕާ ދެކޮޅަށް ހުށަހެޅި ފިޔަވަޅުތައް:
- ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން، އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާސް އަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
- އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކުރުން
- ހިޖުރަ ކުންފުނި އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަނުދިނުން
- ހިޖުރަ ކުންފުނީގެ ފަރާތުން އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެ ކުންފުނިން ހޯދުން
- ހިޖުރަ ކުންފުނީގެ ފަރާތުން އުސޫލާ ހިލާފުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުން
މިނިސްޓްރީން ބުނީ އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އިދާރީ ކަންކަމާއި ގާނޫނީ މަސައްކަތްތައް ފަސް ޖެހުމެއް ނެތި ކުރާނެ ކަމަށެވެ.




ގުޅުންހުރި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ