ޒަހަމްތަކެއް ހުރި މީހަކު ސެނަހިޔާ ހޮސްޕިޓަލް ކައިރިން މިއަދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ޒަހަމްތަކަކާ އެކު ފެނުނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލް ހާމަނުކޮށް ފުލުހުން ބުނީ އެ މައްސަލަ ތަހުގީގްކުރަމުންދާ ކަމަށެވެ.
އެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ލިބުނު ގޮތެއް ވެސް ހާމައެއް ނުކުރެ އެވެ.



