ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުންދާ ފަޒީލާ އުސްމާންގެ ފަޒީސް ހިޖާމާ ކްލިނިކް ރަޖިސްޓްރީކޮށް ދީފި އެވެ.
ސޯޝަލް މީޑިއާގައި ފަޒީލާ ކުރި ޕޯސްޓެއްގައިވަނީ ބުނީ ހެލްތު މިނިސްޓްރީން މިހާރު ވަނީ އޭނާގެ ކްލިނިކް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށެވެ. ރަޖިސްޓްރީކޮށްދިން ނަމަވެސް ހިދުމަތް ފެށުމަށް ބޭނުންވާ ލައިސަންސް އަދިވެސް ނުލިބޭތީ ހިޖާމާ ޖެހުމުގެ ހިދުމަތް އަދި ނުލިބޭނެ ކަމަށް ފަޒީލާ ބުންޏެވެ.
ހެލްތު މިނިސްޓްރީން ވަނީ މީގެ ކުރިން ފަޒީސް ހިޖާމާ ތެރަޕީ ބަންދުކޮށްފަ އެވެ.
އެތަނުން ހިޖާމާގެ ހިދުމަތް ދެމުން ދިޔައިރު، ފަޒީލާއަށް އަމާޒުވި އެންމެ ބޮޑު އެއް ފާޑު ކިޔުމަކީ އޭނާ އެކަން ކުރަމުން ދަނީ އެކަމާ ބެހޭ އެއްވެސް ތަމްރީނެއް ހޯދުމެއް ނެތި ކަމަށް ބުނެ އެވެ.
ނަމަވެސް އޭނާ ބުނެފައި ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން އޭނާ ހިޖާމާގެ ފަރުވާއާ ގުޅޭ ތަމްރީންތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
ހިޖާމާ ޖެހުމުގެ ހުއްދަ ނުދޭ މައްސަލާގައި ފަޒީލާ އޮތީ ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
ގުޅުންހުރި
ވަގު ފޯމުތަކުގެ މައްސަލައިގައި އިހުސާން މަގާމުން ވަކިކުރަން ހުށަހަޅަން ނިންމައިފި
ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފި
ޓިކްޓޮކް ބްލޮކް ކުރަން އުޅޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ނިންމައިފި
އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑަށް ބަލިމީހުން ފޮނުވަން ފަށައިފި
އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި