އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
އޭސީސީން ބުނީ ޝަރީފުގެ ޕާސްޕޯޓް ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ ސްޓެލްކޯގެ ކުރީގެ މެނޭޖުމަންޓުން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށް ބަދަލުގެ ގޮތުގައި 7.8 މިލިއަން ޑޮލަރު (120 މިލިއަން ރުފިޔާ) ދިނުމަށް ސެޕްޓެމްބަރު 2023 ގައި އެއްބަސްވުމެއްގައި ސޮއިކުރި މައްސަލައެކެވެ.
އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ޝަރީފެވެ. ޝަރީފު، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ އެންގުމާވެސް ހިލާފަށެވެ. އެހެންވެ ޝަރީފުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅި އެވެ.




ގުޅުންހުރި
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
ކަރަންޓުގެ ދާއިރާއިން ކުރިއަށްދާން 116 އަންހެނަކަށް ހިތްވަރުދީ، ހިތްޖައްސުވައިފި
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ
މިދިޔަ ދެ އަހަރުގެ ރޯދަ މަހު 118 މިލިއަންގެ ރުފިޔާގެ ޑިސްކައުންޓް
ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ސްޓެލްކޯގެ 5 މުވައްޒަފަކަށް