ސަރުކާރުގެ މިނިސްޓަރުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މާގާތްގުޅުމެއް ބާއްވައިގެން މަގާމުގައި ދެމި ތިބެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް، މިނިސްޓްރީތަކަށް މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ގެނައި ބަދަލުތަކާއި ގުޅިގެން މިނިސްޓްރީތަކަށް ވަނީ އަލަށް ހަތަރު ވަޒީރަކު އައްޔަން ކުރައްވައިފަ އެވެ.
އެ ހަތަރު ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ލަތީފު ވިދާޅުވީ ރައީސްއަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައިވެސް ބައެއް މިނިސްޓަރުން އިހުލާސްތެރި ނޫން ކަމަށެވެ. އެ މިނިސްޓަރުން، ރައީސްއާ ގާތް ގުޅުމެއް ބާއްވައިގެން މަގާމުގައި ދެމި ހުރެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”ބައެއް ވަޒީރުން ހުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް އިހުލާސްތެރި ކަމާއެކު މަސައްކަތްކުރާކަން ނުވަތަ އިހުލާސްތެރި ކަމާއެކު މަސައްކަތް ކޮށްދޭކަން އަޅުގަނޑުމެންނަށް ކަށަވަރެއް ނޫން“ ލަތީފު ވިދާޅުވި އެވެ.
”ރައީސުލްޖުމްހޫރިއްޔާއާ މާ ގާތްވީމަ މަގާމުގަ މާ ގިނަ ދުވަހު ތިބެވޭނެކަމަށް ބައެއް ވަޒީރުންނަށް ހީވާކަހަލަ، އިހުލާސްތެރި ނުވާނަމަ ދެމި ތިބެވޭނެކަމަށް ހީކޮށްގެން ނުވާނެ، 18 ވަނަ މަޖިލީހުގައި ވެސް އަޅުގަނޑުމެން ހުންނާނީ އަޅުގަނޑުމެންގެ ވަޒީރުން މަގާމުން ވަކިކޮށްފައި،“
ލަތީފު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި މެންބަރުން، މިނިސްޓަރުންނަށް ފޯނުކުރަންޖެހޭއިރު، ބައެއް މިނިސްޓަރުން ފޯނަށް ޖަވާބުވެސް ނުދެއްވާ ކަމަށެވެ. އަދި މެންބަރުން ބޭނުންވާ ކަންކަންވެސް މިނިސްޓަރުން ނުކޮށްދޭ މައްސަލަ މިހާރު ބޮޑުވެފައިވާ ކަމަށްވެސް ލަތީފު ވިދާޅުވި އެވެ.




ގުޅުންހުރި
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު