މާރޗް 1, 2025

ބިދޭސީން ހަމަނުޖެހުން ހިންގާ ތަންތަނުގައި އިމިގްރޭޝަންގެ އޮފިސަރުން ފޯރިމަރަން ފަށައިފި

އާންމު ސަރަހައްދުތަކަށް އެއްވެ ބިދޭސީން މާރާމާރީ ހިންގައި ހަމަނުޖެހުން ހިންގަމުންދާތީ އެފަދަ ސަރަހައްދުތަކުގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން ފޯރިމަރަން ފަށައިފި އެވެ.

އިމިގްރޭޝަނުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާންމު މަސްލަހަތު ގެއްލޭ ކަންކަން ހިންގަމުންދާތީ އެ އިދާރާގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އެފަދަ ސަރަހައްދުތައް މޮނިޓާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މޮނިޓާކުރުން ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، މޮނިޓަރިންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ދެނެގަނެވިއްޖެނަމަ، ޓާސްކް ފޯހުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި އިރު، މި މަހުގެ 17 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި ވަނީ މާރާމާރީއެއް ހިންގައިފަ އެވެ. އެ ދެ މާރާމާރީއާ ގުޅިގެން އިންޑިއާގެ ހަތަރު މީހަކު ވަނީ ޑީޕޯޓްކޮށްލައިފަ އެވެ.

7 Comments

  • Moh Nizar ޖެނުއަރީ 25, 2025

    Aman balahattan thibey fuluhun mihaaru kuranee kon kameh?

    • Hussain Haleem ޖެނުއަރީ 25, 2025

      Moh Nizar amaa balahattanee mihaaru

      • Moh Nizar ޖެނުއަރީ 26, 2025

        Hussain Haleem ehen veemathaa immigration meehun ekah ekuranee

    • Ahmed Hameed ޖެނުއަރީ 27, 2025

      Moh Nizar TikTok kulhun

  • Hussain Haleem ޖެނުއަރީ 25, 2025

    thithaaga airline ofeehakaa checking counter eh vess bahattaa..eyrun vaguthun ethanun airport ah fonuvaaleveyne

  • Tom De Nero ޖެނުއަރީ 26, 2025

    Emeehun adhi hamanujehun hingan spot thakeh ves hadhaigentha ulhenee?

    • Ok Dhw ޖެނުއަރީ 26, 2025

      Tom De Nero aan wrestling ring hadhaafa hunnanee.. e thanthaa foari maran e thibenee.. keekey dhen bunaanee.. thimannaa men ves kameh kuramey bunan kuraa kanthah mi hunnaane.. rayyithunnah heevaane dhw varah masakkai eba kure ey..

Leave a Reply