ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވެވި ރިޔާސީ ބަޔާނަށް ބަޔަކު ފާޑުކިޔަސް، ކަންކަން ރަނގަޅު ކުރެއްވުމަށް އެ މަނިކުފާނުގެ ރަނގަޅު ނިޔަތެއް އެބަ އޮތްކަން އެ ބަޔާނުން އެނގިގެންދާ ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ގައުމު މިއަދު މިއޮތީ އަދަވަޅެއްގައި ކަމަށާއި ނަމަވެސް މި ހާލަތުގައިވެސް ސަރުކާރުން ކަމެއް ނުކޮށްދޭ ވާހަކައާއި ގަވާއިދާ ހިލާފުވާ ވާހަކަ ބަޔަކު ދައްކާ ކަމަށެވެ.
”ކޮން ސަރުކާރުން، ވެރިކަމެއްގައިތޯ، ވައުދާ އެއްގޮތަށް ކަންތައްކުރީ، އެއްވެސް ސަރުކާރަކުން ސަތޭކަ ޕަސެންޓް ނުކުރެވޭ، އެކަމަކު ވިސްނުން އޮތީ ކަންކުރަން. ދެން ސަރުކާރުތަކުން ހިޔާނާތްތެރިވާ ވާހަކަ، އަބަދުވެސް ހިނގަމުންދާކަމެއް، އިވޭ އަޑެއް، ވިސްނާލަން އޮތީ މިއަދުގެ ސަރުކާރަށް ބަލާއިރު އެކަން ރަނގަޅުކުރަން ވަރަށް ގިނަ ފިޔަވަޅުތައް އަޅުއްވާ،“ ގާސިމު ވިދާޅުވި އެވެ.
އޭގެ ހެއްކަކީ ގާސިމު ވިދާޅުވި ގޮތުގައި، ހިޔާނާތްތެރިވާ ކަމަށް ތުހުމަތުވާ ކުންފުނިތަކުގެ އިސްވެރިންނާއިި ވަޒީރުން ވަކިކުރައްވައި، އެ ތަންތަނަށް ފަސްބައި ސާފު، އަހުލާގު ރަނގަޅު މީހުން މި ސަރުކާރުން އައްޔަންކުރައްވަމުން ގެންދިއުމެވެ. އަދި ރައީސް މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ކަންތައްތައް ރަނގަޅު ކުރެއްވުމަށް އުއްމީދުގައި ހުރި ގިނަ ކަންތައްތަކެއް ހުށަހަޅުއްވާފައިވާ ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ.
”އަޅުގަނޑުގެ ވާހަކައަކީ ޑްރީމެއް އޮވެގެންނޭ ފެންޓަސީ އައިޑިއާއެއް އޮވެގެންނޭ ނުވަތަ ހިޔާލެއް އޮވެގެން އޭގެ މައްޗަށޭ ކަންތައްތައް ކުރެވޭނީ، އެހެންނޫން ކަމަށްވަންޏާ އެކަމެއް ނުކުރެވޭނެ، އެހެންވީމަ ގުޑް އިންޓެންޝަން އޮތްކަން އެނގޭ މިއަދުގެ ރައީސްގެ ރިޔާސީ ބަޔާނުގައި،“ ގާސިމު ވިދާޅުވި އެވެ.


30 Comments
ގުޅުންހުރި
ލ. ގަމުގެ އިހުތިސާސްގައި އެއަތޮޅު ބޮޑުފިނޮޅު ހިމެނުމަށް ރައީސް ނިންމަވައިފައިފި
މާމިގިލީގައި ގާސިމްގެ ހަރަދުގައި ޕޮލިސް ސްޓޭޝަނެއް ހަދަން ހުށަހަޅައިފި
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
އިތުރު ހަތަރު ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަން ރުހުން ހޯދަނީ
ރަސްފަންނާއި ސަލްޓަން ޕާކުގެ މަރާމާތު މަސައްކަތް ފަށަން ވަނީ ތައްޔާރުވެފަ: ކައުންސިލް
އޭސީސީގެ ނައިބަކަށް ފޮނުއްވި ނަން ރައީސް ބަދަލުކުރައްވައިފި