މިއަދު މަރުވި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ ކަށުނަމާދު މާދަމާ ބާއްވަން ނިންމައިފި އެވެ.
މެޒޯ މުހައްމަދު މަރުވީ ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗުގެ އެމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ ވަގުތެއްގަ އެވެ. މަރުވިި އިރު، އޭނާގެ އުމުރަކީ 59 އަހަރެވެ.
ކަށުނަމާދު މައުލޫމާތު ހިއްސާކުރާ ކަށުނަމާދު އެމްވީގައި ބުނެފައިވާ ގޮތުން މައްޔިތާއަށް ޒިޔާރަތްކުރުން މާދަމާ މެންދުރު 1:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެ އެވެ.
މެޒޯ މުހައްމަދު މަޝްހޫރުކަން ހޯދީ ”އަންހެން އަޑުން“ ލަވަކިޔާ ފަންނުވެރިއެއްގެ ގޮތުގަ އެވެ. ”ފޯސެޓް މުހައްމަދެއް“ ލަވައިގެ ދުނިޔެ އަށް ތައާރަފްކޮށްދިނީ އޭނާގެ ބޭބެ އަދި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑަދޮން އަބްދުއްސައްތާރު ހިންގެވި މަޝްހޫރު މިއުޒިކް ގްރޫޕެއް ކަމުގައިވީ ކްލަބް ކޯބްރާޒް އިންނެވެ.
އޭގެ ފަހުން ކްރީމް އޮފް އެސިޑް އަދި އޭރުގެ މަޝްހޫރު ކްއިކް ސޭންޑާއި ޓްވެންޓިއަތު ސެންޗުރީ ބީސީ އަށް ވެސް މުހައްމަދު މިއުޒިކް ކުޅުނެވެ. ނަމަވެސް މުހައްމަދު ދިވެހި މިއުޒިކީ ޖައްވުގައި ފިޔަޖަހަން ފެށީ އޭނާގެ އަމިއްލަ މިއުޒިކް ބޭންޑު، މެޒޯ އުފެއްދުމަށްފަހު އެވެ.
މެޒޯ މުހައްމަދުގެ ”ކަމަނަ ގޯތީ އާދަނުތާއޭ“ އާއި ”ޖިސްމު ނެތިގެން ގޮސް ހަފުސް“ އަދި އުޑުންތަރިތައް“ ފަދަ ލަވަތަކަކީ ދިވެހިންގެ ތެރޭގައި އަދިވެސް މަޝްހޫރު ލަވަތަކެވެ. އޭނާގެ ދިގު މިއުޒިކީ ހަޔާތުގައި ނެރެނު އަލްބަމްތަކުގެ ތެރޭގައި ”ގުގުރި“ އަލްބަމް އާއި ”މާލި“ އަލްބަމް ފަދަ އަމިއްލަ ރާގުގެ އަލްބަމްތައް ފާހަގަކޮށްލެވެ އެވެ.
މެޒޯ މުހައްމަދު މިއުޒިކުގެ ދާއިރާގައި ކުރި ހިދުމަތުގެ އަގު ވަޒަންކޮށް 2010، ގައި މިއުޒިކުގެ ދާއިރާއިން އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ސަރުކާރުން ދިނެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް