ރޯދަ މަހަށް ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސް ބެހުމަށްޓަކައި ޓޯކަން ނިޒާމެއް ތައާރަފު ކުރަން ލޯކަލް ގަވަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން ކިއުގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާ އާއި ހިތްހަމަނުޖެހުން ވަރަށް ބޮޑުވި އެވެ. އެހެންވެ މިނިސްޓްރީން އިއްޔެ ވަނީ މަސްދަޅު ކޭސް ބަހަން އިތުރު ތަންތަން ހަމަޖައްސައިފަ އެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް އިތުރު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ކިޔުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެހެން، އޮންލައިން ނިޒާމުގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ، އެ ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން އެ ރެޔެއްގައި އެ މަރުކަޒަކުން އެ މީހަކަށް މަސްދަޅު ކޭސް ލިބޭނެ ކަމަށެވެ. އެކަމަށް ކަނޑައަޅާ ނިޒާމުގެ ތަފުސީލު އިއުލާން ކުރާނެ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ވަނީ މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތަކުން ރެޔަކަށް ދޫކުރާނެ ޓޯކަންގެ އަދަދުވެސް އިއުލާންކޮށްފަ އެވެ. އެގޮތުން
- މިފްކޯ ކޮމްޕްލެކްސް: 200 ޓޯކަން
- އެމްޓީސީސީ ސޯމިލް: 200 ޓޯކަން
- ހެންވޭރު ދަނޑު: 100 ޓޯކަން
- ގަލޮޅު ދަނޑު/ސެޓަޕް 1: 50 ޓޯކަން
- ގަލޮޅު ދަނޑު/ ސެޓަޕް 2: 50 ޓޯކަން
- ގަލޮޅު ދަނޑު/ ސެޓަޕް 3: 50 ޓޯކަން
- ގަލޮޅު ދަނޑު/ ސެޓަޕް 4: 50 ޓޯކަން
- ސޯޝަލް ސެންޓަރު: 100 ޓޯކަން
- ވިލިމާލެ/ ވެމްކޯ ސައިޓް: 100 ޓޯކަން
- ހުޅުމާލެ/ އުމަރު ޒާހިރު ބިލްޑިން: 100 ޓޯކަން
- ހުޅުމާލެ/ ޕޮލްކޯ ޓަވަރު (ސީ ބްލޮކް): 100 ޓޯކަން
- ހުޅުމާލެ/ ހިޔާ ޓަވަރު 10: 100 ޓޯކަން
- ހުޅުމާލެ/ ކާމިލްދީދީ ޕްރީ ސްކޫލު: 100 ޓޯކަން

ގުޅުންހުރި
ރާއްޖޭގެ ވޯޓާއެކު އައިއެލްއޯގެ އޮބްޒަވާ ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގެންފި
އީދު ދުވަހު ހަވީރު ވެހިކަލް ދުއްވައިގެން 141 މީހަކަށް ފިޔަވަޅު އަޅައިފި
ސައުދީގައި ޕްރޮފެސަރެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި، ޕްރޮފެސަރުގެ އަންހެނުން އައިސީޔޫގައި
މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެހީތެރިވުމަކީ ވާޖިބެކެވެ.
އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް އުފާވެރިކަމާއި ކާމިޔާބީއަށް ރައީސް އެދިވަޑައިގެންފި
އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ވެރީންނާއި މައިންބަފައިންގެ ބަސް