މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ލުޔެއް ގެނައުމަށް މާލޭ ސިޓީ ކައުންސިލުން ގެނައި ދެ ޕަމްޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލް މެމްބަރުންގެ އަރިހުން އެދިވަޑައިގަތުމުން ކައުންސިލުގެ ބޯޑުން ފާސްކޮށްގެން ގެނައި ޕަމްޕުތަކެއް ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ފެންނަން ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ދެ ޕަމްޕުތައް ގެނައުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 2024 ގައެވެ.
ނަމަވެސް ޕަމްޕުތައް ގެނައި ބަޔަކާމެދު ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންދާތީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ އާރުޑީސީ މެދުވެރިކޮށް ޓްރޭޝް ޕަމްޕުތައް ގެނައުމަށް ސިޓީ ކައުންސިލުން ފާސްކުރީ ރައީސް މުއިއްޒު އެކަމަށް ކައުންސިލުގެ މެމްބަރުންގެ އަރިހުގައި އެދިވަޑައިގަތުމުން ކަމަށެވެ.
ރައީސް އެގޮތަށް އެދިވަޑައިގެންފައި ވަނީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން އެ މަނިކުފާނު އިސްކަންދެއްވާލެއް ބޮޑުކަމުން ކަމަށްވެސް ނަރީޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިޓީ ކައުންސިލުން ކުރާ ކޮންމެ ހަރަދެއް ކުރެވޭނީ ކައުންސިލުގެ ބޯޑުން ފާސްކޮށްގެން ކަމަށާއި އެ ބޯޑުގެ ސުޕަ މެޖޯރިޓީ އޮތީ ޕީއެންސީ އަތުގައި ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ދެ ޕަމްޕް ޑިފެންސް މިނިސްޓްރީގެ ބެލެހެއްޓުމުގެ ދަށުގައި ބެހެއްޓުމަށް ކައުންސިލުން ނިންމައި މިދިޔަ ހުކުރު ދުވަހު އެ މިނިސްޓްރީއަށް ސިޓީއަކުން އެކަން އަންގާފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ގެނައި ފެންހިންދާ ދެ ޕަމްޕު ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު، މި ދެ ޕަމްޕަކީ ފެންގަނޑު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕުތަކެކެވެ.
މިނެޓަކު 11،356.24 ލީޓަރުގެ ފެން މި ޕަމްޕުތަކުން ބޭރު ކުރެ އެވެ. މީގެކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1،300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕުތަކެކެވެ.

11 Comments
ގުޅުންހުރި
ގާތްގާތުގައި ދެ ބިލެއް ފޮނުވީ ފުރިހަމައަށް ޑިސްކައުންޓް ދޭން ވެގެން: ފަހުމީ
އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް އެއްވެސް ލުޔެއް
މިފްކޯގެ ފުރަތަމަ ބޭރު ސީއީއޯ 3 މަސް ނުވަނީސް މަގާމުން ވަކިކޮށްފި
އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރުވީ އިތުރު!
މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން އަޒާން ވަކިކޮށްފި