ޗައިނާ އާއެކު ރާއްޖެ އިން ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)ގެ ދަށުން ޗައިނާ އިން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީއަށް ލުޔެއް ނުލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް ސައީދު ވަނީ އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ ދުންފަތާއި ސިނގިރޭޓުން ނަގާ ޑިޔުޓީ މައާފުވާނެތޯ އާއި އެކަމުން ދައުލަތަށް ގެއްލޭ އާމްދަނީ ސާފުކުރުމަށް އެދި ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލުތަކަށް ދެއްވި ޖަވާބުގައި ސައީދު ވިދާޅުވެފައިވަނީ، އެފްޓީއޭގެ ދަށުން ޗައިނާ އިން ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިޓީ މައާފު ނުވާނެ ކަމަށެވެ. އެހެން ގައުމުތަކުން މިހާރު ނަގަމުންދާ ރޭޓުގައި، ޗައިނާ އިން އެތެރެކުރާ ދުންފަތާއި ސިނގިރޭޓުގެ ބާވަތްތަކުން ޑިޔުޓީ ނަގާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެ އާއި ޗައިނާ ދެމެދު ސޮއިކުރި އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ މުދަލުގެ 91 ޕަސެންޓް މުދަލުން ޑިއުޓީ ނުނަގާއިރު ރާއްޖެއިން ޗައިނާ އަށް އެކްސްޕޯޓް ކުރާ މަހުގެ ހުރިހާ ބާވަތްތަކުން ޑިއުޓީ މައާފު ވާނެ އެވެ. އޭގެ ތެރޭގައި، ތާޒާ، ފިނިކޮށް ގަނޑުކޮށްފައި ހުންނަ ކަޅު ބިލަމަހާއި ފާނައިގެ ބާވަތްތަކާއި އަދި ކަންނެލީގެ ބާވަތްތަކާއި މަސް ދަޅާއި ވަޅޯމަހާއި ލޮނު މަހުގެ އިތުރުން ސީފުޑްގެ ބާވަތްތައް ވެސް ހިމެނެ އެވެ.
ސައީދު ވިދާޅުވީ އެފްޓީއޭ ތަންފީޒު ކުރަން ފެށުމުގެ ކުރިން ހޯލްސޭލް މުދާ އެތެރެކުރާ ފަރާތްތަކަށް އެކެއް ޖެނުއަރީން ފެށިގެން ޗައިނާ އިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 95 ޕަސަންޓަށް ޑިއުޓީ ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ޑިއުޓީ ސުން ޕަސަންޓަށް ތިރިވެގެންދާނެ ކަމަށެވެ.
”މި ދެ އެރޭންޖްމަން ޓާއެކު އަޅުގަނޑުމެންގެ ފައިސާ އިން ފައިސާ ދެއްކުމާއި އަދި ޑިއުޓީ ސުން ޕަސަންޓަށް، ޗައިނާއިން އިމްޕޯޓުކުރާ އައިޓަމްސް 91 ޕަސަންޓް ގާތްގަނޑަކަށް ޓެރިފް ލައިން ސުމަކަށް މިދަނީ. އެހެންވީމާ ޗައިނާއިން ގެންނަ މުދަލުގެ އަގު ވަރަށް ބޮޑުތަނުން ހެޔޮވެގެންދާނެ،“ ސައީދު ވިދާޅުވެފައިވެ އެވެ.

ގުޅުންހުރި
ޔުމްނު ”ވެއްޓުނު“ ހާދިސާގައި ބޮޑުބޭބެ ކިޔާ ދެ މީހަކު ބައިވެރިވި ކަމަކަށް
ދަންވަރު ކޮމިޓީ ބާއްވައި، ބައި-އިލެކްޝަންސް ނުބާއްވާ ބިލު ފާސްކޮށްފި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
ރަނގަޅަށް މަސައްކަތް ނުކުރެވިގެން މި އުޅެނީ މުވައްޒަފުންގެ ދަތިކަމާހުރެ: ހައިދަރު
ޕަބްލިކް ވޯކްސްއަށް ގެނައި ޑްރެޖަރުތަކާއި ލޭންޑިން ކްރާފްޓުތައް ގެއްލިއްޖެ
މަގޫދޫގައި އެއާޕޯޓެއް އަޅަން ނިންމުމުން މިނިސްޓަރަށް ގޯސްވީ ކުރީ ސަރުކާރު!