މެލޭޝިއާ އިން ގެއްލިގެން ހޯދަމުންދާ އަހުމަދު އުސައިދު، ގެއްލިގެން ރިޕޯޓް ކުރި ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެ ގައުމުގައި ހުންނަ މެލޭޝިއާ އެމްބަސީ ކައިރީގައި ހަރަކާތްތެރިވި މަންޒަރު އެތަނުގައި ހުރި ސީސީޓީވީ ކެމެރާއަށް އަރާފައިވާ ކަމަށް އޭނާގެ ބައްޕަ ބުނެފި އެވެ.
އުސައިދު މާޗު ދެވަނަ ދުވަހުގެ 3:15 ގެ ފަހުން ސަންވޭ ޖިއޯ އިން ނުކުމެގެން ދިޔަ ގޮތެއް ހަބަރެއް ނުވެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް މެލޭޝިއާގެ ފުލުހުންވެސް ދަނީ ކުރަމުންނެވެ.
އުސައިދުގެ ބައްޕަ، އިބްރާހިމް އަފީފު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އުސައިދު ގެއްލިގެން ރިޕޯޓް ކުރި ދުވަހުގެ ހަވީރު 4 ޖަހާކަންހާއިރު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން ސީސީޓީވީ ކެމެރާ ފުޓޭޖުތަކުންނާއި ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.
”ގެއްލިގެން ރިޕޯޓް ކުރި ދުވަހު އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނެވެ. ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއް ނުވުމުން، އެތަނުގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔައިރު އުސައިދުގެ ވޮލަޓާއި ސްޓޫޑެންޓް ކާޑު ވަނީބޭއް ވިފައެވެ. 3 ވަނަ ދުވަހު އެމްބަސީ ހުޅުވުމާއެކު، އެތަނުގެ ކެމެރާތައް ބަލާ ޗެކްކުރިއިރު އެ ހިސާބުން އުސައިދު ސަލާމަތުން ހުރިކަން ވަނީ އެނގިފަ އެވެ.،“ އުސައިދުގެ ބައްޕަ ބުންޏެވެ.
އޭނާ ބުނީ، އުސައިދު ގެއްލިގެން ރިޕޯޓްކުރިތާ މިއަދަށް ހަތަރު ދުވަސް ވެފައިވާއިރު އަދިވެސް އޭނާ ފެނިފައިނުވާ ކަމަށެވެ. ނަމަވެސް އުސައިދު ހޯދުމުގައި މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި މެލޭޝިޔާގެ ފުލުހުންގެ ފަރާތުންނާއި ހެޔޮ އެދޭ ހުރިހާ ފަރާތްތަކަކުން ދިން އެހީތެރިކަމާއި އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
“ އުންމީދު ކުރަނީ ވަރަށް އަވަހަށް އުސައިދު އަޅުގަނޑުމެންނާ ބައްދަލުވުމެވެ. ހެޔޮހާލުގައި އުސައިދު ހުރިކަން ކެމެރާ ތަކުން ފެނެއެވެ. ހުރީ ރަތްކުލައިގެ ޓީޝާޓެއްލައިގެންނެވެ.،“ އުސައިދުގެ ބައްޕަ އަފީފު ބުނެފައިވެ އެވެ.




ގުޅުންހުރި
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް