ސްރީ ލަންކާގައި އެޑޮޕްޓް ކުރި ދެ އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކޮށް މަރާލި މައްސަލައެއްގައި އެ ކުއްޖާ އެޑޮޕްޓްކުރި ދެމަފިރިން މަރަން ކޮލަމްބޯ ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މަލިގަވައްތާގައި 1 މެއި 2018 ގައި ހިނގި އެ ހާދިސާގައި ކުއްޖާ އެޑޮޕްޓްކުރި 35 އަހަރުގެ ދެމަފިރިން މަރަން ކޮލަމްބޯ ހައި ކޯޓުން ހުކުމް އިއްވީ އިއްޔެ އެވެ.
ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހުކުމް ކުރި ދެމަފިރިން ފުރަތަމަ މަސައްކަތް ކުރީ ކުއްޖާގެ މެޑިކަލް ޓެސްޓުތައް ނަހަދައި ވަޅުލުމަށެވެ. އަދި އެ މައުލޫމާތު ލިބިގެން ފުލުހުން ގޮސް އެކަން ހުއްޓުވައި, ކުއްޖާގެ ޕޯސްޓްމޯޓަމް ހެދި ކަމަށް ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ, ޕޯސްޓްމޯޓަމް ނަތީޖާ އިން ކުއްޖާއަށް އެކިވަރުގެ އަނިޔާކޮށްފައި ހުރިކަން ސާބިތުވި ކަމަށާއި އެގޮތުން ކުއްޖާގެ ހަށިގަނޑުގެ 90 ތަނަކުން އަނިޔާގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ.
ކުއްޖާގެ ހަށިގަނޑުން ފެންނަން ހުރި އަނިޔާތަކުގެ ތެރޭގައި ފިހިފައި ހުރި ނިޝާންތަކަކާއި ތަޅައި އަނިޔާކޮށްފައި ހުރި ނިޝާންތަކެއްވެސް ހުރި އިރު, ކުއްޖާގެ ކުރިމަތި ފަރާތަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ހުރި ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.




2 Comments
ގުޅުންހުރި
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި
ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި
”ސިލޯނާއެކު ދިވެހިން“: 29 ގަޑިއިރު ތެރޭ 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ!
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ސަން ސިޔާމްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު