ރޯދައިގެ ސަބަބުން ތަގުވާވެރިކަން އިތުރުވެ ނިއުމަތްތަކާމެދު ޝުކުރުވެރިވާން ދަސްވެގެންދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައިވަނީ ރޯދައިގެ ހިކުމަތްތަކުގެ މައްޗަށެވެ. ހުތުބާގައި ބުނީ ﷲ ޝަރުއުކުރައްވައިފައިވާ ބައެއް އަޅުކަންތަކުގެ ހިކުމަތް ސަރީހަކޮށްބަޔާންކުރައްވައިފައިވާއިރު، އަނެއްބައި އަޅުކަންތަކުގެ ހިކުމަތް ބަޔާންނުކުރައްވައި، ދޫކޮށްލައްވައިފައިާ ކަމަށެވެ . ނަމަވެސް ﷲ تَعَالَى އެއްވެސް އަޅުކަމެއް، ބޮޑުވެގެންވާ ހިކުމަތަކަށް ޓަކައި މެނުވީ، ޝަރުއުކުރައްވައިފައިނުވާ ކަމަށް ހުތުބާގައި ބުންޏެވެ.
އެކަލާނގެ ރޯދަ ފަރުޟުކުރެއްވި ހިކުމަތް ސަރީހަކޮށް ބަޔާން ކުރައްވައިފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.
ރޯދަ ފަރުޟުކުރައްވައިފައިވަނީ،ތަގުވާވެރިކަން ހާސިލު ކުރުމަށް ޓަކައިކަން، ގުރުއާނުން އެނގޭ ކަމަށް ހުތުބާގައި ބުންޏެވެ.
ރޯދައަށް ހުންނަ އިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު، ހިފަހައްޓައެވެ. ﷲ تَعَالَى އޭނާއަށް ހުއްދަކުރައްވައިފައިވާބައެއް ނިއުމަތްތަކާ ކުޑަ ވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިއުމަތްތަކުގެ އަގުވަޒަންކުރާން ދަސްވެގެންދާ ކަމަށް ހުތުބާގައި ބުންޏެވެ.
ގިނަ ފަހަރަށް ނިއުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިއުމަތެއް ބީވެ ދިޔުމުން ކަމަށާއި ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިއުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިއުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގު ފަހިވެގެންދާ ކަމަށް ހުތުބާގައި ބުންޏެވެ.




ގުޅުންހުރި
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް:
އަންހެން ވޮލީ ޓީމުގެ ކޯޗު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި