ގާޒާއަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ކަނޑާލަން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެފައިވާ އިޒްރޭލުން ނިންމައިފި އެވެ.
އިޒްރޭލުގެ ހަކަތައާ ބެހޭ މިނިސްޓަރު އެލީ ކޯހެން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, ގާޒާ އިން ވަގުތުން ކަރަންޓު ކަނޑާލަން އަމުރެއް ނެރެފައިވާ ކަމަށެވެ.
”ވާހަކަ ދެއްކިއްޖެ, ދެން އޮތީ އަމަލުން އެކަން ދެއްކުން,“ އޭނާ ބުނެފައިވެ އެވެ.
ގާޒާ އިން ކަރަންޓު ކަނޑާލަން ނިންމާފައި މިވަނީ ދެ މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ގާޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓާލިތާ ހަފުތާއެއް ފަހުންނެވެ.
އިޒްރޭލުން ގާޒާއަށް މުދާ ވެއްދުން ހުއްޓާލީ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލުން ގާޒާގައި ހަމަލާތައް މެދުކަނޑާލަން ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމި ދެ ވަނަ މަރުހަލާ ފަށާނެ ގޮތަކާ މެދު ހިޔާލު ތަފާތުވެފައި ވަނިކޮށެވެ.
އިޒްރޭލުން ބުނެފައިވަނީ ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ 42 ދުވަސް މި މަހުގެ ފުރަތަމަ ދުވަހު ހަމަވުމުން އެ މުއްދަތު ރޯދަ މަސް ނިމެންދެން ދިގުދަންމާލަން ނިންމާފައިވާ ކަމަށާއި އެއީ އެމެރިކާ އިން ހުށަހެޅި ގޮތް ކަމަށެވެ.
ނަމަވެސް ހަމާސް އިން ބުނަނީ ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމާ ބެހޭ ދެ ވަނަ މަރުހަލާގެ މަޝްވަރާތައް ކުރިން އެއްބަސްވެފައިވާ ގޮތަށް މިހާރު ފަށަންޖެހޭނެ ކަމަށެވެ.
އެއްބަސްވުމުގެ ދެވަނަ މަރުހަލާއަކީ ހަމާސް އިން މިނިވަން ނުކޮށް ތިބި އިޒްރޭލު ހުރިހާ ރަހީނުން ވެސް މިނިވަންކުރަން ނިންމާފައިވާ މަރުހަލާ އެވެ. ނަމަވެސް އިޒްރޭލުން މިހާރު ބުނަނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމައިގެން ދެން ކުރިއަށް ދާނީ ހުރިހާ ރަހީނުން މިނިވަންކުރުމުން ކަމަށެވެ.




ގުޅުންހުރި
އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި
ސާފް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އެއްވަނައަށް
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ