އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ އުވާލަން ނިންމުމަށްފަހު އަނެއްކާވެސް އެ ކުންފުނި ހިންގަން ސަރުކާރުން ނިންމައިފި އެވެ.
ދަނޑުވެރިން ހައްދާ ތަކެތި މާކެޓްކުރުމާއި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް އެގްރޯ ނެޓް އުފެއްދީ 2020 ވަނަ އަހަރު އެވެ. ނަމަވެސް އެ ކުންފުނިން އެހާ ރަނގަޅު މަޝްރޫއުތަކެއް ހިންގިފައެއް ނުވެ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވެ ހަރަދުތައް ކުޑަކުރުމަށް އަޅަން ފެށި ފިޔަވަޅުތަކުގެ ތެރެއިން އެގްރޯ ނެޓް އުވާލަން ނިންމި އެވެ. އެއީ 1 ސެޕްޓެމްބަރު 2024 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ. އެކަން ހާމަކުރީ ރައީސް އޮފީހުންނެވެ. އެ ފަހުން އެގްރޯނެޓުގެ ހިންގުން ހުއްޓާލި އެވެ.
ނަމަވެސް 8 ޖެނުއަރީ 2025 ގައި ގއ. ނިލަންދުއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެގްރޯ ނެޓް އުވާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، އެގްރޯ ނެޓް، މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް)ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރައްވާފައިވާ ކަމަށެވެ.
ސަރުކާރުގެ ހަބަރުތައް ގެނެސްދިނުމަށް ބޭނުންކުރާ ”ސަރުކާރު.އެމްވީ“ ޝާއިއުކުރި ހަބަރެއްގައި އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެގްރޯނެޓް އުވާލުމަށްފަހު، އެ ކުންފުނީގެ ހުރިހާ މަސައްކަތްތައް އެމްއައިޑީއެފްސީޒެޑްއާ ހަވާލުކުރުމަށް ކުރިން ނިންމި ނަމަވެސް އެ މައްސަލަ ކެބިނެޓަށް ހުށައަޅުއްވައި އެ ނިންމުމަށް ބަދަލު ގެންނަވާ، އެގްރޯނެޓަކީ އެމްއައިޑީއެފްސީޒެޑްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށެވެ.
ކެބިނެޓުގެ އެ ނިންމުމުގައި އެގްރިކަލްޗާ މިނިސްޓްރީން، އެގްރޯ ނެޓުގެ މަސައްކަތްތައް ބަލަހައްޓައް ޓާގެޓްތައް ކަނޑައަޅާ ގޮތަށްވެސް ވަނީ ހަމަޖައްސައިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި
މި ރޯދަ މަހުގެ ފަހު 10 ވެސް ސަރުކާރު ބަންދުވާނެ
ސަރުކާރުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް ބާރުވެރި ކުރުވުމަކީ އެންމެ އިސް އެއް
ރައްޔިތުންގެ މަޖިލީހަކީ މިހާރު ”ދިމްޔާތު މަޖިލިސް“: ޔާމީން
މިނިވަން މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ރައީސް ވަނީ ދެއްވައިފައި:
ބިރު ދައްކައި ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ފަނޑިޔާރު ސުއޫދު އިސްތިއުފާ
11 މިލިއަން ރުފިޔާ ހަރަދުކޮށްގެން ރަސްމީ ފާލަން ތަރައްގީކޮށް އަލުން ހުޅުވައިފި