ލ. ފޮނަދޫގައި މިއަދު އިމާމުވެ ހުކުރު ކުރައްވާ އިމާމުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގެންފި އެވެ.
ފޮނަދޫ ކައުސިލުން ބުނީ އެ ރަށުގެ ހަތަރު މިސްކިތެއްގައި ހުކުރު ކުރާއިރު އަބްދުއްރަހީމް އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ މަސްޖިދުލް އުލާގައި ކަމަށެވެ. ފޮނަދޫއަކީ އެ މަނިކުފާނުގެ އުފަން ރަށެވެ.
މިއަދު ހުކުރު ހުތުބާގެ މައުޝޫއަކީ ”ނަސްރުގެ މައްސަރު“ އެވެ.
ހުކުރު ދުވަހު މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރާނެ ހަތީބުން ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ.



