ފިތުރު އީދު ހަފުތާއަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.
އެ މަނިކުފާނު ވަނީ މިދިޔަ އަހަރާއި މި އަހަރު ވެސް ރޯދަމަހުގެ ފަހު 10 ވެސް ސަރުކާރު ބަންދުކުރައްވައިފައެވެ. އެހެންކަމުން ، މި އަހަރު ރޯދަމަހުގެ ފަހު 10 އާ އެކު ސަރުކާރު މުވައްޒަފުންނަށް ބޮޑު ބަންދެއް ލިބެގެންދާނެ އެވެ.
ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވަނީ ރޯދަމަހުގެ ފަހު 10 އާ ގުޅުވައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރު ބަންދުވާނެ ކަމަށެވެ. ނަމަވެސް މިއަދު ރައީސް އޮފީހުން ބުނީ އީދުދު ހަފުތާއަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރައީސް އެ ނިންމުމާއެކު ސަރުކާރު މުވައްޒަފުންނަށް މި މަހު 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހު ހަވަނަ ދުވަހުގެ ނިޔަލަށް ބަންދުވާނެ އެވެ.
ރައީސް އޮފީހުން ބުނީ، މި އަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހު 31 ވަނަ ދުވަސްކަމަށްވެއްޖެ ނަމަ އީދާ ގުޅިގެން އަންނަ މަހުގެ ފުރަތަމަ ދެ ދުވަހާ އެކު ތިންވަނައަށްވާ ބުރާސްފަތި ދުވަސް ވެސް ބަންދުކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ.
އަދި، އީދު ވަނީ މި މަހު 30 ވަނަ ދުވަސް ނަމަވެސް އަންނަ މަހުގެ ފުރަތަމަ ތިން ދުވަސް ބަންދުކުރަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ނިންމެވީ އާއިލާއާ އެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރަން ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ގުޅުންހުރި
ލަނޑާ ނަގަން އުޅެނިކޮށް ފަރުތޮޅިއެއް ހަމަލާދިން މީހަކަށް އިންޑިއާގައި ފަރުވާ ދެނީ
ދެމަފިރިއެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއް، ފިރިހެން މީހާ ޒަހަމްވެއްޖެ
ބަނދުރު ހަނގުރާމައިން ލިބޭ ފިލާވަޅު: ވެރިންނަށް ކިޔަމަންވުމާއި މަޝްވަރާ ރީތި އުސޫލު
މިއަދު އިމާމުވެ ހުކުރު ނަމާދު ކުރައްވާ ބޭފުޅުންގެ ތެރޭގައި އަބްދުއްރަހީމް
ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް މާންދީ ދެއްކި ވާހަކަތައް އީސީން ކުށްވެރިކޮށްފި
ގާނޫނީ އިމުގެ ތެރެއިން މުޒާހަރާ ކުރުމުގެ ފުރުސަތު ދިނުމަށް އެޗްއާރުސީއެމުން ގޮވާލައިފި